Monday, August 26, 2013

މުދައްރިސުންގެ އެވޯޑު ހައްގުވާނެ އުސްތާޒެއް ދަންނަވަންތޯއެވެ؟

 

 

އެއީ މަސްހޫރު ދީނީ އިލްމުވެރިޔާ އަދި ގިނަ އައްޑޫގެ ދަރިވަރުންތަކެއްގެ އުސްތާޒަކައް މީގެ އަހަރުތަކެއް ކުރިން އުޅުއްވި ށެއިޙް އިލްޔާސްގެ ބޭބެ ށެއިޙް އިދުރީސް އެވެ. އުސްތާޒުގެ ފިލާވަޅު ކިޔައިދެއްވުމުގާ ވަރައް ތަފާތު ގޮތްތައް ބޭނުންކުރައްވައެވެ. މިގޮތުން ގެންގުޅުއްވާ އެންމެ ހާއްސަ އެއް އުސޫލަކީ ދަރިވަރުންނައް ފިލާވަޅުތައް ފޮތުގައި ނޯޓްނުކުރެއްވުމައް ވިދާޅުވުމެވެ. އަބަދުވެސް ވިދާޅުވާނީ ފިލާވަޅުތައް ހިތުގައި ނޯޓްކުރުމަށެވެ. އަދި އުސްތާޒު ކިޔަވާ ދެއްވާއިރު ކުދިވެރިން މުޅިން ކަނުލާ އަޑުއެހުމަށާ ޑެސްކުއެއްކޮއް ސާފުކޮއް ބެހެއްޓުމައް އަންގަވައެވެ. ގިނަ ދަރިވަރުންނައް ގޭގާ އެތައް ދުވަހެއްގެ މަސައްކަތުން ދަސްނުވެ ހުންނަ ގުރުއާނުގެ ދިގު އާޔަތްތައް 3 ފަހަރު އުސްތާޒާ އެއްކޮއް ކިޔަން އަންގަވައެވެ. އޭގެފަހުން ކޮންމެ ކުއްޖަކު ވަކިވަކިން ކިޔާދިނުމަށް އަންގަވައެވެ. ޢޭރު ގިނަ ކުދިންނައް އެފިލާވަޅު ހިތުން ހުންނަނީ ދަސްވެފައެވެ! މާތް ﷲ އުސްތާޒައް ރަހުމަތް ލައްވާށިއެވެ.

 

 

 

Sunday, August 25, 2013

މިސްކިތްތަކުގަ ދުއާ ކުރުމަށްވެސް ހުއްދަ ނަގަން ޖެހިއްޖެއެވެ.

މިސްކިތަކީ ގެ ގެކޮޅެވެ. އެތާނގާ ދުއާ ކުރެވޭނީ އަށެވެ. އެތަނުގަ ކުރެވޭ ކަންތައްތަކުގެ ހުއްދަޔާ މަނާ ކަންތައް ކަނޑައެޅުއްވީ އެތަނުގެ ވެރިފަރާތުންނެވެ. އެހެން ބަޔެއްގެ ފަރާތުން ހުއްދަ ހޯދާކައް ނުޖެހޭނެއެވެ. ހިތާމައަކީ އަޅުގަނޑުމެންނަށް މިފަދަ އާދައިގެ ކަންތައްތައް އޮޅުންއަރާތީއެވެ. އަދި ވަކި ސިޔާސީ ފިކުރެއްގައި ޖެހި އަޅުގަނޑުމެންގެ އަގީދާއައްވުރެ ޕާޓީގެ ސިޔާސަތު އިސްކުރެވޭތީއެވެ.

 

މިފަދައިން ކަންތައް ކުރެވޭމީހުންނައް ލާދީނީ މީހުންނޭ ކިޔުން ހައްގެވެ. އަދި އެފަދަ ލާދީނީ އަމުރުތަކައް ތަބާވުން ނަހީވެގެން ވެއެވެ. އެހެނީ އެމީހެއްގެ ހިތުގާ ދީނައް ނަސްރު ދިނުމުގެ ޖޯށެއްނެތިފަ ޕާޓީ އައް ނަސުރު ދިނުމުގެ ބޭނުން ބޮޑުވެއްޖެމީހާގެ އީމާންތެރިކަމާމެދު އެމީހާ އަމިއްލައައް ސުވާލު އުފެއްދުން އެވަނީ ޖެހިފައެވެ. ކޮންމެ މީހަކުވެސް މަރުވާނެއެވެ. މަރުވުމައްފަހު ވެވުން ގާތްވެގެންވަނީ ޕާޓީގެ ޕޮލިސީތަކުގެ ސުވާލައްވުރެ ބޮޑައް އަގީދާގެ ސުވާލެވެ.

 

 

http://www.sun.mv/33512

 

 

Saturday, August 24, 2013

އެއީ އެކަލާނގެ ހޮއްވެވާ މަތިވެރި ކުރެއްވި ބައެކެވެ.




މަތީގާ އެފެނިވަޑައިގަންނަވަނީ ސީރިޔާގެ ލާދީނީ ސިފައިން ދިން ކެމިކަލް ހަތިޔާރުން އަނިޔާވެރިގޮތުގާ ށަހީދު ކޮއްލެވުނު މައުސޫމުންތަކެކެވެ. މި ހަމަލާ ދެވުނީ ދަންވަރު އެމީހުން ގޭތަކުގާ ނިދާފަތިއްބައެވެ. ވިހަ ކެމިކަލް މިސައިލުތަކުންއެރި ވިހަ ދުމުން ނޭވާނުލެވި ކޮށިއަރާ، އަނގައާ ނޭފަތުން ފޮނުއައިސް ވަރައް ވޭނުގާ މަރާލެވުނުމައުސޫމުންތަކެކެވެ.

މާތް މިމައުސޫމުންނައް ސުވަރުގެ ދެއްވާށިއެވެ. ށަހީދު ކަމަކީ އަމިއްލައައް ހޯދާ ގަނެވޭ ކަމެއް ނޫނެވެ. އެއީ އެދަރަޖަ ދެއްވުމައް އެކަލާނގެ ހޮއްވަވާ މަތިވެރި ކުރެއްވި ބަޔެކެވެ.

Following