Thursday, April 23, 2020

މިސްކިތްތައް ބަންދު ކޮށް ހުކުރާ ހައްޖު ކުރުން ހުއްޓާލުންދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކު ފެތުރޭ ކޮވިޑް19 ރޯގާ ގެ ބިރަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ވަނީ އެއްވެ އުޅުން މަނާކޮށް ރައްޔިތުން ގޭތަކުގައި ބަންދު ކޮށްފައެވެ. މިކަމުގެ ސަބަބެއްކަމަށް ބުނެފައިވަނީ މި ރޯގާއިން ސަލާމަތް ވުމަށެވެ. އަދި މުސްލިމު ގައުމުތަކުގައި މިސްކިތްތައްވެސް ވަނީ ބަންދު ކުރެވިފައެވެ. ހުއްޖަތަކަށް ދައްކަނީ އަމިއްލައަށް އަނިޔާ ލިބިނުގަތުމަށް ހަދީސް ކުރައްވާފައިވާ ހަދީސްފުޅާއި މެލޭޝިއާގައި ހިންގި މިސްކިތް އިވެންޓް ގެ ސަބަބުން އެގައުމުގައި ކޮރޯނާ ވައިރަސް ފެތުރުމުގެ ސަބަބުންނެވެ.

މި ދެކަންތަކަށް ބަލާލަމާތޯއެވެ. އަނިޔާ ކުރުމާ ލިބިގަތުން ދީނުގައި ނޯންނަ ކަމަށް ކުރެއްވި ހަދީސްފުޅަކީ އާއްމު އުސޫލުން ދީނުގެ ކަންތައްތައް ތަރުތީބު ކުރެވިފައިވާ ގޮތެވެ. އެފަދަ އާއްމު ދަލީލެއް ނަގައިގެން ދީނުގެ ބޮޑެތި ތަނބުތައް މުގުރާލުން ފަދަ ކަންތައްތަކަށް މި ކުރެވެނީ މުސްލިމުންގެ މެދުގައި ދީނީ އަދި ސައިންސުގެ އިލްމު މަދުވެ އަނިޔާވެރި ވެރިންނާ ވެރިކަމުގެ ބާރުގެ ދަށުގައި ދީނީ އިލްމުވެރިން ތާށިވެ ހައްގު ބަސް ބުނަން ފަސް ޖެހުމުންނެވެ. މިބުނެވެނީ ހެޔޮބަސްކަމަށް ހީކޮށް ބޮޑެތި މުންކަރާތްތައް ނޭނގުމުގެ ތެރޭގައި އަރައިގަނެވެނީއެވެ. މެލޭޝިއާގެ މިސްކިތް އިވެންޓް ކަމަށް ބުނާ އިވެންޓަކީ ތަބްލީޢީ ޖަމާއަތުން ކޮންމެ އަހަރަކު ބާއްވާ އާއްމު އެއްވުންތަކެކެވެ. އެއީ ދީނުގައި އަސްލެއްނެތް ބޮޑެތި ބިދުއަތަކެވެ. މަސްިޖުލް ހަރަމް އާ، މަސްޖިދުއް ނަބަވީ އަދި މަސްޖިދުލް އަގްސާ ފިޔަވައި ދަތުރު ހަދައިގެން ސަވާބު އެދިގެން މުސްލިމުން ދާންޖެހޭ މިސްކިތެއް ބިމެއް ނެތްކަން ހަދީސްފުޅުތަކުން ސާބިިތުވެއެވެ. ވީމާ ވަކި ފިރުގާއަކުން ނުވަތަ މަޒުހަބަކުން ވަކި ބިމަކަށް މުސްލިމުން އެއްކޮށް ދީން ކުރިއަރުވަން ކުރާ އަސްލެއް ނެތް ބިދުއަވެރި ކަމެއް މިސްކިތްތަކާ ގުޅުވޭނެ ހަމައެއް ނުވެއެވެ.
އެހެނިހެން ތަންތަނާ ޙިލާފަށް މިސްކިތްތަކުގައ ފަސްވަގުތު ޖަމާއަތުގައި މިކުރެވޭ  ނަމާދަކީ ވުޞޫގެ ސާފުތާހިރު ކަން މަތީ ކުރެވޭ 5 ވަރަކަށް މިނެޓުން   ނިންމާލެވޭ އަޅުކަމެކެވެ. އަދި ވުޞޫ ކުރުމުގައި ވެސް ދޮވެވިގެން މިދަނީ ކޮރޯނާ ވައިރަސް ހަށިގަނޑަށް ވަންނަން  މެދުވެރިވާ 3 ގުނަވަން ހުރި މޫނު އަދި ދެއަތްތިލަ ފައި އަދި ބޮލެވެ. އަދި އަނގަޔަށް ފެންލާ އިރު ގާގަލް ކުރުމަކީވެސް މުސްތަހައްބުވެގެން ވާ ގިނަ ބަޔަކު މިހާރު އިހުމާލު ވެފައިވާ ސުންނަތެކެވެ. ކާއިނާތާއި ދީނުގެ އަޅުކަންތައް ޑިޒައިން ކުރެއްވި ފަރާތަށް ކޮރޯނާ ވައިރަސް އެއް ފަދަ މަޙްލޫގެއް ފާ ކުރައްވައިގެން އުއްމަތުގެ އެންމެން ޖަމާއަތުގެ އަޅުކަން ކުރުން ހުއްޓާލަން ޖެހޭ ފަދަ ގޮތެއް މެދުވެރިވެދާނެކަން އެނގިވޮޑިނުގެން ފާނެތޯއެވެ؟ އެފަދަ ކަމެއް ދިމާވެއްޖެއްޔާ ކުރާނެ ކަން ދަންނަ ބޭކަލުންގެ ގިޔާސް އަށް ދޫކުރެވިދާނެ ތޯއެވެ؟ ޝައްކެއްވެސް ނެތެވެ. އިސްލާމްދީނަކީ އަދި އިސްލާމީ ޝަރީއަތަކީ ފުރިހަމަ ވެފައިވާ ދީނެކެވެ. މިދީނުގެ ފުރިހަމަ ކަން އިންސާނުނަށް ނޭނގުމަކކީ އިންސާނުންގެ އުނިކަމެކެވެ.  

މުސްލިމުންގެ މައްޗަށް އެކަލާނގެ ފަރުޝު ކުރެއްވި 5 ނަމާދު ޖަމާއަތުގަ ކުރުން ހުއްޓާލުމަށް ދަލީލު ތާރީޙީ ގޮތުން ވެސް ނަގާފައިވަނީ މާ ބޮޑު އަސްލެއް ސައްހަ ދަލީލެއް ހުއްޖަތެއް ނެތް ތާރީޙީ ކަންތައްތަކާ ގުޅުވައިގެންނެވެ. ކީރިތި ރަސޫލާ، އަދި މާތް އަސްހާބުންނާ އިތުރު ތާބިއީ ބޭކަލުންގެ ޒަމާނުގައިވެސް ގައިން ގަޔަށް އަރާ ބަލިތައް އިސްލާމީ އުއްމަތުގެ ކަންކޮޅުތަކުގައި ފެތުރުނެވެ. އެކަމަކުވެސް އިސްލާމީ އުއްމަތް އެއްކޮށް ނުވަތަ ބޮޑެތި ބައްރުތަކުގައި އެއްކޮށް ޖަމާއަތުގެ ނަމާދު ހުއްޓާލަން އެބޭކަލުން ފަތުވާ ނުނެރުއްވައެވެ. އަދި މިއަދުގެ ދަންނަ ބޭކަލުން ފަދައިން އަނިޔާވެރި ވެރިކަންތަކާ ވެރިންގެ އަނިޔާއަށް ބިރުން ހައްގުބަސް ބުނުމުގައި ފަސްޖެހުނު ބަޔެއް ކަމުގައި އެބޭކަލުން ނުވެއެވެ. އިސްލާމީ ތާރީޙުގައި ހިތްދަތި ބިރުވެރި ކިތަންމެ ހާދިސާތަކެއް ހިނގާފަ އެބަހުއްޓެވެ. ހުރުމަތްތެރި ކުރެވިގެންވާ މައްކާގައި ހަނގުރާމަ ކުރުމާއި، ހަޖަރުލް އަސްވަދު ވަގައް ނެގުމާއި އަނިޔާވެރި ރަސްކަލުންގެ ސަބަބުން ހައްޖަށް ނުދެވުމާއި މި ފަދަ ކިތަންމެ ކަމެއް ހިނގާފައި އެބަހުއްޓެވެ. އެކަމަކު ގޯސް ކޮށް ކުރެވުނު ކަމަކީ ހުއްޖަތެއް ކަމަށް ދެކިގެން އެފަދަ ކަންތައް ތަކުރާރު ކުރުމަކީ އޭގެ ބުރުހާނެއް ކަމަށް ދެކުމަކީ ރަނގަޅު ކަމެއް ނޫނެވެ.   ރަސްކަމާ ވެރިކަމުގެ ނުފޫޒުގެ ބިރަށް ހައްގު ބަސް ބުނަން ނުކެރުމަކީ އިންސާނުންގެ ތެރޭގައި އާއްމު ކަމެކެވެ. އޭރުވެސް އަދި މިހާރުވެސް މެއެވެ. އޭރުވެސް ހައްގު ބަސް ބުނެ އެކަމުގެ ސަބަބުން އަދަބު ލިބުނު މީހުން ފަދައިން މިހާރުވެސް ހައްގު ބަސް ބުނާ މަދު ދީނީ އިލްމުވެރިން ވެސް އުޅެއެވެ. ތަފާތަކީ މިއަދަދު އޭރަށް ވުރެ މިހާރު މަދުވުމެވެ. ކަންވާނީވެސް އެހެންނެވެ. ގިޔާމަތް ކާރިވާ ވަރަކަށް ދީނުގެ އިލްމު ވެރިން ގެ ތެރެއިން ހައްގު މަގުގައި ސާބިތުވާނެ މީހުން މަދުވާނެއެވެ. އަދި އާޙިރުގައި ނެތިގެން ދާނެއެވެ.

ސައިންޓިފިކް ގޮތުން ވައިރަސް އެއް ފެތުރުން ހުއްޓުވަން އޮންނަ ގޮތްތަކަކީ:
1.  އެ ވައިރަސް ފެތުރިދާނެ މަގުތައް ބަންދު ކުރުން (ކަރަންޓީނު ކުރުން)،  
2. އެ ވައިރަސް ފެތުރި ދާނެ ކަމަށް ބެލެވޭ މީހުންނަށް ވެކްސިން ދިނުން އަދި
3. އެފަދަ ވެކްސިނެއް ހެދިފަ ނެތްނަމަ އެވައިރަސް ގެ ނުރައްކާތެރިކަން ކުޑަ ފަރާތްތައް އެ ވައިރަސް އައް ހުށައެޅުމެވެ (ހާޑް އިމިއުނިޓީ)

ކޮރޯނާ ވައިރަސް ޖެހެން ފެށިފަހުން މިއަދާ ހަމައަށް އޭގެ 30 ވަރަކަށް ވައްތަރު ފެނިފައިވެއެވެ. އަދި ބަދަލު ވަމުން މި އަންނަ ވައިރަސް ގެ އެތައް ވައްތަރެއް އުޅޭނެކަމަށް އިޒްރޭލުގެ ސައިންސްވެރިން ލަފާ ކުރެއެވެ  އަދި މީގެ ބައެއް ވައްތަރު ތަކަކީ އިންސާނުންގެ ހަށިގަނޑުތެރޭގައި ފެތުރުން އަވަސް، ބައެއް އެއްޗެހި ފެތުރުން ލަސް އަދި ބައެއް ވައްތަރު ތަކަކީ ފެތުރުނަސް އިންސާނުންގެ ސެލްތަކަށް މާ ބޮޑަށް ހަމަލާ ނުދޭ ވައްތަރު ތަކެކެވެ. މިކަމުގެ ރަނަގޅު މިސާލަކީ ބިން ބޮޑު ބައެއް ބައްރުތަކުގައި (އިންޑިއާ، ބްރެޒިލް، މެކްސިކޯ ފަދަ ގައުމުތަކުގައި) މި ބަލި ޖެހިގެން މާގިނަ މީހުން ތަކެއް ފަނާވެގެން ނުދެއެވެ. އެކަމަކު ބައެއް ގައުމުތަކުގައި (އިޓަލީ، ސްޕޭން، އެމެރިކާ ފަދަ ގައުމުތަކުގައި) މި ނިސްބަތް ތަފާތެވެ.

ކަރަންޓީނު ކުރުމުގައި ވެސް ދުނިޔޭގެ އެކި ގައުމުތަކުގައި އަމަލު ކުރި ގޮތް ތަފާތެވެ. އަދި ކަރަންޓީނު ކުރި ބައެއް ގައުމުތަކުގައި މި ވައިރަސް ޖެހުނު މިންވަރުވެސް އެކި ހިސާބުގައި ތަފާތެވެ. ޗައިނާގެ ވޫހާންގައި ވަރަށް ގަދައަށް މި ވައިރަސް ފެތުރުނު އިރުވެސް ބެއިޖިން ގައި އެހާ ބޮޑަށް ނުފެތުރެއެވެ. އަދި ޗައިނާއާ އިންވެގެން އޮތް ޓައިވާން ގައި އެއްވެސް ވަރަކަށް ގައުމު ބަންދު ވެސް ނުކުރެއެވެ. އަދި ޗައިނާގައި ފެތުރުނު ވަރާ ގާތަށް ވެސް ނުފެތުރެއެވެ. މީގެ އިތުރުން ބްރެޒިލް އަދި ސްވިޑެން ގަ ވެސް ލޮކްޑައުން އެއް ނުކުރެއެވެ. އަދި ކޮރޯނާ ވައިރަސްގެ ސަބަބުން މީހުން މަރުވާ ނިސްބަތް މައްޗެއް ނޫނެވެ. (ލިންކް ތިރީގައި)

  ކޮންމެ ގޮތެއް ވިޔަސް ކޮންމެ އަހަރަކު ވައިރަލް ރޯގާ ތަކުގެ ސަބަބުން 650 ލައްކަ ވަރަކަށް މީހުން ދުނިޔެ ދޫކޮށް ދެއެވެ. ކޮރޯނާ ވައިރަސް ގެ ސަބަބުން މިއަދަދަށް މި އަހަރު މީހުން މަރުވާނެ ކަމަށް އަސްލު ލަފާ ނުކުރެވެއެވެ. ނަމަވެސް ކުރީ އަހަރު ތަކާ ޙިލާފަށް މިއަހަރު ހިނގާނެ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ގައުމުތައް އެއްކޮށް ބަންދު ކުރުމުގެ ސަބަބުން އެތައް މިލިއަން މީހުން ބަނޑަށް ޖެހި ވަޒީފާ ގެއްލި އަދި ފަގީރު ވެދާނެ ކަމުގެ ބިރަށް އެތައް މިލިއަން އެބޯޝަން ހެދުން ފަދަ ކަންތައް ދުނިޔޭގަ ހިނގާނެއެވެ. އަދި އެހެން ފަހަރު ތަކާ ޙިލާފަށް މިފަހަރު ކޮވިޑް 19 ގެ ސަބަބުން މަރުވީ ކަމަށް އެތައް ލައްކަ އިތުރަށް ރިކޯޑު ކުރެވޭނެއެވެ. އެއީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ކަންކުރަމުން އަންނަ އުސޫލަކީ ކޮންމެ ބައްޔެއް ޖެހިގެން މީހަކު މަރުވިޔަސް އެމީހާގައިގައި ކޮވިޑް 19 ވައިރަސް ހުރި ނަމަ އެމީހާ މަރުވީ ކޮވިޑް19 ޖެހިގެން ކަމަށް ބެލެވޭނެއެވެ. މި އުސޫލު ވަނީ އެމެރިކާގަވެސް އަންގާ އާއްމު ކޮށްފައެވެ.  

މިހެން ކަންތައް މިވަނީ ވަކި ބަޔެއްގެ ވަކި އެޖެންޑާއެއް އޮވެގެންނޭ ބުނެވޭކަށް ނެތެވެ. އެއީ ހަމަ މިހާރު ކަންތައް ރޭވިފައި ވާ ގޮތުންނެވެ. ވާދަވެރި އެކި އެކި މަސައްކަތްތަކުގެ ސަބަބުން ކަންތައް ވާ ގޮތެވެ. ނޫސް ވެރިން ނޫސް ލިޔަނީ އޭގެ ޝޮކް ވެލިއު އެންމެ ބޮޑުވާގޮތަށް ބަލާފައެވެ. އެއީ ކޮންމެ ނޫހެއްވެސް އަދި ޓީވީ ސްޓޭޝަނެއްވެސް މަސައްކަތް ކުރަނީ އެބަޔެއްގެ އޯޑިއަންސް އިތުރު ކުރުމަށެވެ. އޭރަކު އޮންނަ ޓްރެންޑަކަށް ފެތެން އެންމެންނަށް މަޖުބޫރު ވެއެވެ. މި އުސޫލުގެ ދަށުން ނޫސްވެރިންނާ ޑޮކްޓަރުންނާ ސިޔާސީ ލީޑަރުން ވެސް މަސައްކަތް ކުރެއެވެ. ކޮންމެ މީހަކުވެސް ވިސްނަނީ އެމީހެއްގެ ވަޒީފާ ސަލާމަތް ވާނެ ގޮތަކާ ވަޒީފާގެ ކުރިއެރުން ލިބޭނެ ގޮތަކާ ގޯސް ނިންމުމެއް ނަމަވެސް އެ ނިންމުން މުޖުތަމައުގެ ގިނަ މީހުން ގަބޫލު ކުރާ ގޮތަށް ބެހެއްޓޭތޯއެވެ. ކޮންމެހެން ހައްގުގެ މައްޗަށް ބުރަވެ މީހުން ނުރުހޭނެ ޙަބަރު ގެނެސްދޭކަށް އެކަކުވެސް ބޭނުމެއް ނުވެއެވެ. 

މިފަދަ ހާލަތަށް ދުނިޔެ މިއަދު ގޮސްފައިވާއިރު މަސީހުއް ދައްޖާލު ފާޅު ކުރެވި އެސޮރުގެ ފިތުނަ މީހުންގެ މައްޗަށް ހުށައެޅޭއިރު ވާނެ ގޮތާ މެދު ފިކުރު ހިންގަވާ ލައްވާށެވެ. އެސޮރު ހުށައަޅާ ކަންތައްތަކުގެ ތެރޭގައި ހެޔޮ ކަމެއްކަމަށް މީހުންނަށް ހީވާ ކަންތައް އޭގެ އަސްލު ޒާތުގައި ނުބައިކަންތަތައް ކަމަށް ވާނެއެވެ. އަދި އޭނާއަށް އުރެދޭ އޭނާއާ ދެކޮޅުވާން ކެރޭ މީހުންނަކީ ނުބައި މީހުންކަމަށް މުޅި ދުނިޔެވެސް ހެކި ދޭނެއެވެ. އެކަމަކު އެއީ ހަގީގަތް ތޯއެވެ؟ 5 ވަގުތުގެ ނަމާދު ގެ ޖަމާއަތް މުޅި ދުނިޔެއިން ފަދަ ގޮތަކަށް ކުރުން ހުއްޓާލިއިރު މި ކުރެވެނީ ގޯސް ކަމެއްތޯ ސުވާލެއް ނޫފެދޭތޯއެވެ؟ މިފަދަ ކުދި އިމްތިހާނުން އަޅުގނޑުމެން ފަސޭހައިން ފޭލް ވާ އިރު ދައްޖާލުގެ ފިތުނައިން އަޅުގަނޑުމެން ސަލާމަތް ވާނެ ތޯއެވެ؟Sunday, March 22, 2015

އިސްލާމްދީނަށް އުޅުމުގެ ނިއުމަތް އެނގޭނީ އެ ނިއުމަތްވެސް ގެންދެވުމުން ނެވެ.

ޗައިނާގައި 15 އަހަރު ނުވާ ކުދިން މިސްކިތް ތަކަށް ދިޔުމާއި ގުރުއާން ކިޔެވުމަކީ މަނާ ކެމެކެވެ. ޗައިނާގައި އިސްލާމީ ދަރި ފަސްކޮޅެއް ވެއެވެ. އެއީ އިސްލާމީ ޙިލާފަތް އުވާލެވުނު އިރު ޗައިނާއާ އެއް އިން ވެގެން އޮތް ބިމުގައި ދިރި އުޅެމުންއައި ތުރުކީ  ދަރިފަސްކޮޅެއްގެ ބަޔެކެވެ. އެބިން ޗައިނާގެ ބަޔަކަށް ހެދުމަށްފަހު އެބިމުގެ އަހުލުވެރިން ދީނާ ދުރު ކުރުމަށް ގިނަ މަސައްކަތް ތަކެއް ޗައިނާ ސަރުކާރުން ކުރަމުން ދެއެވެ. މިގޮތުން މުސްލިމުން ގިނައިން އުޅޭ ހިސާބުތަކުގައި ކާފަރުން އާބާދު ކުރުވައެވެ. އަދި ރޯދަހިފުމާއި ބުރުގާ އެޅުން ވެސް ވަނީ މަނާ ކޮށްފައެވެ. ތުނބުޅި ދިގުކޮށްފަ ބެހެއްޓުމަކީވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. މިކަންކަން ހުއްޓުވަން މުސްލިމުން އުޅޭ ހިސާބުތަކުގައި ޕޯސްޓަރު ތައް ތަތް ކޮށްފަ ހުރެއެވެ. ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއީ ސްކޫލެއް ނުވަތަ ހޮސްޕިޓަލަކަށްވެސް އެމީހުންގެ ސިޔާސަތު ތަކާ ނުގުޅޭގޮތަށް ހެދުން އަޅައިގެން ނުވަދެވޭނެއެވެ.

 

އިސްލާމީ ޙިލާފަތް އުވުމުން އެންމެ ބޮޑު ދުއްތުރާ އުފުލަން ޖެހިފައި މިވަނީ ޗައިނާގަ އުޅޭ މުސްލިމުންނަށެވެ. ޔޫރަޕްގައި ދިރިއުޅޭ މުސްލިމުންނަށް ހައްގުތަކެއް މީގެ ކުރީގަ ލިބިފައޮތަސް އެކަންތައްވެސް މިހާރު ނެތިގެން އެދަނީއެވެ. އެގޮތުން ބުރުގާ އެޅުން މުޅި ޔޫރަޕްގައި މިހާރު މަނާ ކުރެވިއްޖެއެވެ. އަދި ޑެންމާކް ގައި ހަލާލް ގޮތުގައި ކަތިލެވޭ ޖަނަވާރުގެ މަސް އެތެރެ ކުރުމާއި ވިއްކުން މަނާ ކުރެވިއްޖެއެވެ. މިހުރިހާ ކަމެއް މިދިމާވީ ހަމަ މަދު ދުވަސް ކޮޅުތަކެއްގެ ތެރޭގައެވެ. އެކަމަކު މުސްލިމުންނަށް އެކަލާނގެ އަބަދުވެސް މަގެއް ދައްކަވާނެތެވެ. އެގޮތުން ކާފަރުންގެ އަނިޔާތައް އިތުރުވުމާއެކު އެކަލާނގެ އަލުން އިސްލާމީ ޙިލާފަތް ގާއިމް ކޮށްދެއްވިއެވެ. އަހަރެއްފުރެމުން އަންނަ މި އިސްލާމީ ޙިލާފަތް ﷲގެ ވާގިފުޅާއެކު މުޅި ދުނިޔެއަށް ފެތުރޭނެއެވެ. އަދި މުސްލިމުންނަށް އުފާވެރިކަން ގެނެސް ދޭނެއެވެ.

 

Saturday, March 21, 2015

އިންސާފު ލިބޭނެ ކަމަށް ހީވެސް ކުރިންތަ؟

 

 

 

 

 

 

އަހަރެމެން މުސްލިމުން ދުނިޔެއާ މެދު ދެކެނީ ހަމަ ކުޑަކުދިންވެސް ވިސްނާގޮތަށް ވަރަށް މައުސޫމު ކޮށެވެ. ޑިމޮކްރެސީ އާ މިނިވަންކަން މިފަދަ ބަސްތައް ކާފަރުން ބޭނުން ކޮށް އަހަރެމެން ގެ ވިސްނުން ވަރަށް ފަސޭހައިން އަޅުވެތި ކޮށްލައެވެ. އަދި ކާފަރުންގެ އަބަދުވެސް ދައުވާއަކީ އެމީހުންނަކީ ސުލްހަ ގާއިމް ކުރާ އަދުލުވެރި ބައެއް ކަމަށެވެ. އެކަމަކު އެމީހުންގެ އަމަލު ތައް ހުންނާނީ ގިނަފަހަރަށް ދިމާ އިދިކޮޅަށެވެ. މިސާލަކަށް މަތީގައި އެވާ ދެ ފޮޓޯ އަށް ބައްލަވާށެވެ. އެއް ފޮޓޯގައި ދައްކަނީ މޮހޮރު ބޮމެއް ހެދި ކާފަރު އަންހެނެކެވެ. އޭނާ ގެ ކުށަށް އެމީހުންގެ ކޯޓުން ހުކުމް ކުރީ 2 އަހަރަށެވެ. ދެން އެއާ ޖެހިގެން ހުރި މުސްލިމް އުޙްތު ކުރީ ފޭސްބުކްގައި އަޕްޑޭޓެކެވެ. އެއީ އިސްލާމީ ޙިލާފަތަށް ތައުރީފް ކޮށްފަ އަދި ޖިހާދަށް ހިއްވަރު ދީފައެވެ. ޖިހާދަކީ ކާފަރުން ގަބޫލު ކުރާގޮތުގައި ޓޭރަރިޒަމެވެ. ވީމާ އެމީހުން އެއުޙްތާ އަށް ހުކުމް ކުރީ 5 އަހަރާ 3 މަހަށެވެ. މީގެ ތަފާތު ބައްލަވާށެވެ. އެކަކު ހަމަ އަސްލުވެސް ބޮމެއް ހެދީއެވެ. އަނެކަކު ފޭސްބުކް އަޕްޑޭޓް ކުރީއެވެ. އެކަމަކު ހުކުމް އައި ގޮތް ބައްލަވާށެވެ. ހަމަ މިފަދަ އަނެއް ފޮޓޯ ތިރީގައި މި ވަނީ އެވެ.  އެކަކީ މުސްލިމެކެވެ. އަނެކަކީ ކްރިސްޓިއަނެކެވެ. ދެމީހުންގެ މައްޗަށްވެސް އުފުލީ ހަމަ އެއް ދައުވާއެކެވެ. ކްރިސްޓިއަން މީހާ އަށް ހުކުމް ކުރެވުނީ 5 އަހަރަށެވެ. އެއީ އޭނާގެ އަތުގައި ބައިވަރު ހަތިޔާރު ހުރިކަން ހެކިތަކުން ސާބިތު ވުމަށް ފަހުގައެވެ. އަނެއް މުސްލިމް އަޙާ އުމުރަށް ހުކުމް ކުރެވުނެވެ. އެއްވެސް ހެއްކެތް ނެތިއެވެ. އޭނާ ސައުދީ ޖަލެއްގައި ބާއްވައި އަނިޔާކޮށް ނަގާފައިވާ އިއުތިރާފް ގެ ބަޔާނެއް ކަމަށް ބުނާ އެއްޗެއް ފިޔަވައެވެ.

 

Friday, March 20, 2015

ބިދުއައެއް ގެ ފެށުން

 

 

ދުނިޔެވީ ކަންކަމާ ޙިލާފަށް އަޅުކަމުގެ ކަންތަކަކީ އާންމު އުސޫލުން ސުއްނަތާ ނައްސުތަކުން ސާބިތުވާ ކަންތައަފިޔަވައި ދެންހުރި ހުރިހާ ކަމެއް ހުއްދަ ނޫން ކަންކަމެވެ. ދުނިޔެވީ ކަންކަމުގައި އާންމު އުސޫލަކީ ހުރިހާ ކަމެއް ހުއްދަ ވެގެން ވުމެވެ. އެއީ ނައްސު ތަކުން އެކަން މަނާވެގެން ނުވާ ނަމައެވެ. މިގޮތުން ބަލާއިރު އިސްލާމީ މަރުކަޒުގެ ސިޑިބަރިއާއި މަގުމަތީގައި ރައީސް ނަޝީދު ޖަލަށް ލެވުމުން އެމަނިކުފާނަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ހުކުރު ނަމާދަށް ފަހު ކުރަމުން ދާ ދުއާއަކީ ބިދުއަ ކަމަކަށް ވުން ވަރަތް ގާތް ކަމެކެވެ. އެހެނީ އެއީ ދުއާ ކުރުމަކީ އަޅުކަމަކަށް ވެފައި އެގޮތަށް ޖަމާއަތުގައި ހުކުރު ނަމާދުގެ ފަހުގައި ވަކިން ޖަމާއަތް ހަދައިގެން ކުރުމަކީ ސުއްނަތުން ސާބިތުވެފައި ވާ ކަމެއްކަމަށް އެނގެން ނެތުމުން ނެވެ. މިކަމުގައި އިލްމުވެރިން ގެ ބަސް ވަރަށް މުހިއްމު ކަމުގައި ދެކެމެވެ. އެހެނީ ބިދުއަ ވެރި ކަންތަކަކީ އެކަންތައް ހަމަ ފެށޭތަނުން އެކަމަކަށް އިލްމުވެރިން ރައްދު ދޭން ޖެހޭ ކަންތަކެވެ. ކުރީގެ ދީންތައްވެސް ހަލާކު ވެގެން ދިޔައީ އެދީންތަކުގެ އިލްމު ވެރިން އިލްމު ނެތްމީހުން އުފައްދާ ބިދުއަ ތަކަށް އެކި އެކި ސަބަބުތަކާ ހުރެ ރައްދު ދިނުމުން އެއްކިބާ ވުމުންނެވެ.

 

Friday, September 26, 2014

އަހަރެން ﷲ ތައާލާއަށް މިހުރިހާ ވާހަކައެއް ކިޔާދޭނަން

މީއީ ސީރިޔާގެ 3 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ހަނގުރާމައިގައި ލިބުނު އަނިޔާތަކަށް ފަރުވާހޯދަމުން ދަނިކޮށް ޑޮކްޓަރުން ކައިރީ ބުނެލި އޭނަގެ އެންމެ ފަހުގެ ބަހެވެ. އެކުއްޖާގެ މި އަސަރުގަދަ ޖުމްލަ ދުނިޔޭގެ ހުރިހާ ދީންތަކެއްގެ މީހުންވެސް އެމީހުންގެ އަގީދާއަށް ބާރުހޯދަން ބޭނުން ކުރަން މިހާރު ވަނީ ފަށާފައެވެ. އެކުއްޖާއާ ބެހޭގޮތުން މާގިނަ މައުލޫމާތެއް ލިބެންނެތް ނަމަވެސް އެމައުސޫމު ކުއްޖާގެ ޝަކުވާ އެކަލާނގެ އައްސަވާނެ ކަމަށާ އެކުއްޖާއަށް ނޭނގުނަސް އެކަލާނގެ މިހުރިހާ ކަމެއް ދެނެވޮޑިގެންވާނެކަން އަޅުގަނޑުމެން ގަބޫލުކުރަމެވެ. އެކުއްޖާގެ ތަސައްވުރުގައި ޝަކުވާ ދަންނަވާނެ ފަރާތެއް އިތުރަކަށް ނެތެވެ. މަންމައާ ބައްޕަ އަދި އާއިލާވެސް ވަނީ ހަނގުރާމައިގެ ޝިކާރައަކަށްވެފައެވެ. ޝަކުވާ ބަލައިގަންނާނެ ސަރުކާރެއްނެތެވެ. އެހެނީ އެހަނގުރާމަ ކުރަނީވެސް ސަރުކާރުންނެވެ. އެއީ އާންމު މައުސޫމުންނާ ދެކޮޅަށެވެ. މިހަނގުރާމައިގެ ބައިވެރިންނާ ދިމާވެގެން މިއުޅޭ މައްސަލަ އެކުއްޖާއަށް އެނގޭނެހެނެއް ހިޔެއްނުވެއެވެ. އެކަމަކު އެކުއްޖާގެ އަގީދާ ސައްހައެވެ. ޝަކުވާ ދަންނަވަންޖެހެނީ ﷲތައާލާ އަށެވެ. ވަލީވެރިޔަކަށް ނޫނީ އިމާމަކަށް ނޫނެވެ. ﷲތައާލާ މި މައުސޫމު ސުވަރުގޭގައި ލައްވައި އަހަރެމެން އެންމެން އެއްތަން ކުރައްވާށި! އާމީން.

Thursday, September 25, 2014

މިގައުމުގައި އިސްލާމިސްޓުން އެބަ އުޅޭތޯ؟

މިނިވަންނޫސްފަދަ ބައެއް ސެކިއުލާ ނޫސްތަކުން އިސްލާމިސްޓުން ރާއްޖޭގައި އުޅޭކަމަށް ލިޔާތީ މިކަމާ ވިސްނާލެއްވިންތޯއެވެ؟ ރާއްޖޭގެ ގިނަ މީހުންނަކީ މުސްލިމުންނަށްވެފައި އިސްލާމްދީން ކުރިއަރުވަން ބަޔަކު ހަރަކާތެއް ހިންގުމުން އެމީހުން އެކުރަނީ ގޯސް ކަމެއްކަމަށް މީހުންނަށް ވިސްނުވައިދޭންވެގެން މިކުރާ  މަސައްކަތުގެ ފަހަތުގައިވަނީ އިލްމުގެ މަދުކަން ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. މިގޮތުން ބަލާއިރު ކޮންމެ މުޖުތަމައެއްގައިވެސް އެތަނުގަ އަހުލުވެރިން ގެ އަގީދާއަށް ގަދަރު ކުރުމަކީ އޮންނަކަމެކެވެ. އެގޮތުން ސެކިއުލާ ދައުލަތް ތަކުގައިވެސް މިކަން އޮންނަނީ ހަމަ މިހެންނެވެ. އެކަމަކު މިގޮތާ ރާއްޖޭގަ އުޅޭ ސެކިއުލާ ދީނުގެ މީހުންނާ ވަރަށް ތަފާތެވެ. މިސާލަކަށް ދަންނަވަންޏާ އިސްލާމިސްޓުން ގެ ވާހަކަ ދެކެވޭ ނޫހެއްގައި ކާފިރިސްޓުން ގެ ވާހަކައެއްވެސް  އަދި މުޅިން އެހެން ޙަބަރެއްގައިވިޔަސް ހިމާނާލުމަކީ އެސައިޓެއް ހިންގާ ބަޔަކު  ދެފަރާތް ހަމަކުރަން އުޅޭކަން ދޭހަވާނެ ކަމެކެވެ. އެކަމަކު ދުވަހަކުވެސް ކާފިރިސްޓުން ގެ ވާހަކަ އެފަދަ ބަޔަކު ހާމަ ކުރޭތޯއެވެ. މީ ވިސްނާލެއްވުމަށް ރަނގަޅު ނުކުތާއެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވުނު ހަނގުރާމަތަކުގެ ތާރީޙަށް ބެއްލެވިޔަސް އިސްލާމްދީން ކުރިއަރުވަން "އިސްލާމިސްޓު" ޖަމާއަތަކުން  ކުރި ހަނގުރާމަތަކުގައި ދުނިޔެ ދޫކޮށް ދިޔަ މީހުންނަށްވުރެ އެމީހުންނާ އިދިކޮޅަށަށް ކާފިރިސްޓުން މަރާލައިފައިވާ މީހުން އެތައް ގުނަތަކަކުން ބޮޑުވާނެއެވެ. އެކަމަކުވެސް ކާފިރުންގެ އަބަދުވެސް ދައުވާއަކީ އެމީހުންނަކީ ސުލްހަ ގާއިމް ކުރާ މީހުން މިހެންނެވެ. އެއީ ކީރިތި ގުރުއާންގައި ވަޙީ ކުރައްވާފައި ވާ ފަދައިންނެވެ.

وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ

މާނައީ: އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.

 

ތެދުމަގަކީ ކީރިތި ﷲ އެކަލާނގެ އެދިވޮޑިގަތް އަޅަކަށް މިންވަރުކުރައްވާ ނިއުމަތެކެވެ. މިކަމުގައި ދެކޮޅުވެރިންނަށް ދެއްކޭނޭ ހުއްޖަތެއް ނެތެވެ. އެހެނީ ކާއިނާތުގެ ވެރި އިލާހު އެކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް ކަންތައް ކުރައްވާނެތެވެ. ހުރިހާ އެއްޗެއް އެކަލާނގެއަށް މިލްކުވެ ވޮޑިގެންވެއެވެ. ކޮންމެގޮތަކަށް ކުރެއްވިޔަސް އެއީ ހަމަ އަދުލެވެ. އެއީ ބޭއިންސާފެއް ނޫނެވެ. އަޅުގަނޑުމެން މުސްލިމުންނަށް އޮތީ ޢާފިލު ކަމުން ސަލާމަތްވާން މަސައްކަތް ކުރުމެމެވެ. އަދާވާތް ތެރިން ބޭނުންވާނީ ޖާހިލުކަމުގައި އެމީހުންނާއެކު އަޅުގަނޑުމެންވެސް ބައިވެރި ކުރުވުމެވެ.

Monday, June 30, 2014

އަހަރެމެން އިސްލާމުންގެ ޔޫނިއަން ނަހަދަންވީ ކީއްވެ؟

ޔޫރަޕްގެ 27 ގައުމު ގުޅިގެން އެކުވެރި ދައުލަތެއް ބިނާކުރުމުން މުޅި ދުނިޔެ އެކަމަށް މަރުހަބާ ކިޔާ އުފާކުރިއެވެ. އަދި އެމީހުންގެ އެގުޅުމުގެ ސަބަބުން ވިޔަފާރި މުދަލާއި މީހުން އެސަރަހައްދު އެކި ގައުމު ހުރަސް ކޮށް ދަތުރުފަތުރު ކުރުމަށް މަގުފަހިވެ ވިޔަފާރިތައް ކުރި އަރައިގެން ދިޔައެވެ. ހަމަ މިފަދަ އެއްބަސްވުމެއްގެ ދަށުން އެމެރިކާ ކެނެޑާ އަދި މެކްސިކޯ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ފައިސާއާ މުދާ ހުރަހެއްނެތި އެގައުމުތަކުގެ މެދުގައި ދައުރު ކުރެވޭގޮތް ހެދުމުން ވިޔަފާރި އެތައް ގުނައަކަށް ކުރިއަރައިގެން ދިޔައެވެ. ހަމަ މިފަދ ނަސީބެއް އިސްލާމީ އުއްމަތަށް މީގެ ސަތޭކަ އަހަރު ކުރިން އެތައް ސަތޭކަ އަހަރެއްވަންދެން ލިބިގެން ވިއެވެ. އެއީ އިސްލާމީ ޙިލާފަތެވެ. ނަމަވެސް އެޙިލާފާ އަހަރެމެންގެ އަތުން ނިގުޅައިގަނެ ކާފަރުން ވަނީ ހަމަ އެމޮޑެލުން ފައިދާ ހޯދަން ފަށާފައެވެ. އެކަމަކު އިސްލާމީ ޙިލާފާގެ މަތިން އިސްލާމުން ހަނދާން ނުނެތެއެވެ. މާތްﷲ ގެ ވާގިފުޅާއެކު ޙިލާފާ އަލުން އުފެއްދުމުގެ މަސައްކަތް މުޖާހިދުން އެބަ ކުރައްވައެވެ. އާޙިރުގައި ކާމިޔާބު ލިބޭނީ ހަމަ ހައްގަށެވެ. މިކަމުގައި އިލްމުވެރިންނާ ޖަދަލު ކުރުމެއް ނެތެވެ. މިއީ ކަނޑައެޅި ބަޔާންވެގެންވާ ވާޖިބެކެވެ. އެކިމީހުން މުޖާހިދުންނަށް އެކި ނަންނަމުން ނިސްބަތް ކޮށް މަލާމާތް ކޮށް ހަދައެވެ. ތިޔައީ ޙަވާރިޖުންނޭ، ވައްހާބީންނޭ ތަކްފީރީންނޭ ކިޔަތެވެ. އެކަމަކު މުޖާހިދުންގެ ޖަދަލަކީ ހަމަ އެންމެ އެއްޗެކެވެ. އެއީ ބާގިޔާއެވެ. އެއީ އެމީހުން ޖިހާދު ކޮށް ޝަހީދުވެގެން ދާންއެދޭ ތަނެވެ. އެއީ ސުވަރުގެއެވެ.

Following