ޔޫރަޕްގެ 27 ގައުމު ގުޅިގެން އެކުވެރި ދައުލަތެއް ބިނާކުރުމުން މުޅި ދުނިޔެ އެކަމަށް މަރުހަބާ ކިޔާ އުފާކުރިއެވެ. އަދި އެމީހުންގެ އެގުޅުމުގެ ސަބަބުން ވިޔަފާރި މުދަލާއި މީހުން އެސަރަހައްދު އެކި ގައުމު ހުރަސް ކޮށް ދަތުރުފަތުރު ކުރުމަށް މަގުފަހިވެ ވިޔަފާރިތައް ކުރި އަރައިގެން ދިޔައެވެ. ހަމަ މިފަދަ އެއްބަސްވުމެއްގެ ދަށުން އެމެރިކާ ކެނެޑާ އަދި މެކްސިކޯ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ފައިސާއާ މުދާ ހުރަހެއްނެތި އެގައުމުތަކުގެ މެދުގައި ދައުރު ކުރެވޭގޮތް ހެދުމުން ވިޔަފާރި އެތައް ގުނައަކަށް ކުރިއަރައިގެން ދިޔައެވެ. ހަމަ މިފަދ ނަސީބެއް އިސްލާމީ އުއްމަތަށް މީގެ ސަތޭކަ އަހަރު ކުރިން އެތައް ސަތޭކަ އަހަރެއްވަންދެން ލިބިގެން ވިއެވެ. އެއީ އިސްލާމީ ޙިލާފަތެވެ. ނަމަވެސް އެޙިލާފާ އަހަރެމެންގެ އަތުން ނިގުޅައިގަނެ ކާފަރުން ވަނީ ހަމަ އެމޮޑެލުން ފައިދާ ހޯދަން ފަށާފައެވެ. އެކަމަކު އިސްލާމީ ޙިލާފާގެ މަތިން އިސްލާމުން ހަނދާން ނުނެތެއެވެ. މާތްﷲ ގެ ވާގިފުޅާއެކު ޙިލާފާ އަލުން އުފެއްދުމުގެ މަސައްކަތް މުޖާހިދުން އެބަ ކުރައްވައެވެ. އާޙިރުގައި ކާމިޔާބު ލިބޭނީ ހަމަ ހައްގަށެވެ. މިކަމުގައި އިލްމުވެރިންނާ ޖަދަލު ކުރުމެއް ނެތެވެ. މިއީ ކަނޑައެޅި ބަޔާންވެގެންވާ ވާޖިބެކެވެ. އެކިމީހުން މުޖާހިދުންނަށް އެކި ނަންނަމުން ނިސްބަތް ކޮށް މަލާމާތް ކޮށް ހަދައެވެ. ތިޔައީ ޙަވާރިޖުންނޭ، ވައްހާބީންނޭ ތަކްފީރީންނޭ ކިޔަތެވެ. އެކަމަކު މުޖާހިދުންގެ ޖަދަލަކީ ހަމަ އެންމެ އެއްޗެކެވެ. އެއީ ބާގިޔާއެވެ. އެއީ އެމީހުން ޖިހާދު ކޮށް ޝަހީދުވެގެން ދާންއެދޭ ތަނެވެ. އެއީ ސުވަރުގެއެވެ.
Islam is constantly being attacked by the kuffar without provocation even here in Maldives. We Muslims need to realize this and act on this. Knowledge is the way to counter this war. We need to educate ourselves on Islam and defend Islam from slander by the kuffar. Their problem is lack of knowledge. The more they know about Islam, the more they are drawn to the straight path.
Showing posts with label khilafa. Show all posts
Showing posts with label khilafa. Show all posts
Monday, June 30, 2014
Sunday, June 29, 2014
އިސްލާމީ ޙިލާފާ އިއުލާން ކުރެވުން.
![]() |
އުސްމާނީ ޙިލާފަތުގެ އެންމެ
ފަހުގެ ލަޝްކަރު ޖަމާއަތުގައި ނަމާދު ކުރަނީ 1922މ.
|
މިބަރަކާތްތެރި ރޯދަމަހުގެ
ފުރަތަމަ ދުވަސް އީދަކާ އެއްފަދަ ވެއްޖެއެވެ. ﷲ އަށް ހަމްދުހުއްޓެވެ. އެކަލާނގެ މިދުވަސް އަންނާނެކަން އެކަލާނގެ
ނަބިއްޔާގެ ދޫފުޅުން ވަނީ މާކުރިން އަންގަވާފައެވެ. އިރާގާ ޝާމު އަދި ޔަމަނުގައި
ޖިހާދު ކުރާ މުޖާހިދުންގެ އެންމެ އިސް ޖަމާއަތުން މިއަދު އިސްލާމީ ޙިލާފާ އިއުލާން
ކުރުމުން ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި އިސްލާމުން ގެންދަނީ އުފާ
ފާޅުކުރަމުންނެވެ. ކަންތައް ވާނެ ގޮތް ދެނެވޮޑިގެން ވަނީ މާތްﷲ އެވެ. އަހަރެމެން
އެކަލާނގެ ކިބަޔަށް ވަކީލު ކުރަމެވެ. މިއަދު އިސްލާމީ އުއްމަތް ވަނީ ދުވަހަކުވެސް
ނިކަމެތި ނުކުރެވޭ ވަރަށް ނިކަމެތި ކުރެވެ ޙަލީފާއެއްގެ ބޭނުން ދުވަހަކުވެސް
ނުޖެހޭވަރަށް ޖެހިފައެވެ. ހުޅަނގު ވިސްނުމުން އުފެއްދި ވެރިކަމުގެ ނިޒާމުތަކުގެ
ސަބަބުން މުސްލިމުން ވަނީ ބައިބައި ކުރެވި ދުނިޔެވީ މުދަލަށްޓަކާ ދެކޮޅުވެރިންނަށް
ވަނީ ވެފައެވެ. އެއްވެސް ހާލެއްގައި މިއިއުލާން ކުރެވުނު އިސްލާމީ ޙަލީފާ
ކާފަރުންވެސް އަދި އިސްލާމީ ގައުމުތަކުގެ ނަމުގައި ތިބި ބިންތައްވެސް ގަބޫލު
ކުރާނެހެން ހިޔެއްނުވެއެވެ. އެއީ މިހާރު ވެރިކަމުގައި ތިބި ނާގާބިލު އަނިޔާވެރިން
އެމީހުންގެ ވެރިކަން ވެއްޓިދާކަށް ނުރުހޭނެއެވެ. ޔޫރަޕިއަން ޔުނިއަން އަދި
ނޭޓޯފަދަ ބާރުގަދަ އެއްބައިވުންތައް ކާފަރުގައުމުތަކުން އުފައްދާއިރު އެކަން
ރަނގަޅުވެފަ އިސްލާމުން
ޙިލާފާ އުފެއްދުމުން އެކަމާ ނުރުހި އެ މުޖާހިދުންނާ ދެކޮޅަށް ހަނގުރާމަ ކުރާމީހުންގެ ކާފިރުކަން ފާޅުވެ ބަޔާންވެއްޖެއެވެ.
ޙިލާފާ އުފެއްދުމުން އެކަމާ ނުރުހި އެ މުޖާހިދުންނާ ދެކޮޅަށް ހަނގުރާމަ ކުރާމީހުންގެ ކާފިރުކަން ފާޅުވެ ބަޔާންވެއްޖެއެވެ.
Tuesday, November 19, 2013
އިސްލާމް ދީނުގައި ވެރިކަން ކުރުމުގެ ނިޒާމް: ރައްޔިތުންގެ މަޖިލިސް
އިސްލާމް ދީނުގައި ވެރިކަން ކުރުމުގެ ނިޒާމުގައި ރައްޔިތުންގެ މަޖިލީސް އެއް ނޯންނާނެއެވެ. އޮންނާނީ އިލްމުވެރިންގެ މަޖިލީހެކެވެ. ސަބަބަކީ އިސްލާމް ދީނުގައި ވެރިކަމުގެ ހުރިހާ ބާރުތައް އުފެދިގެން އަންނަނީ ރައްޔިތުންގެ ފަރާތަކުންނެއް ނޫނެވެ. އެބާރުތައް އަންނަނީ ރައްޔިތުންނާ ރާއްޖެތައްވެސް ހެއްދެވި ފަރާތުގެ ހަޟުރަތުންނެވެ. ވީމާ އެކަލާނގެ ބާވާލެއްވި ހުކުމްތަކާ ދެކޮޅަށް ވަކާލާތު ކުރާނެ ވަކީލުންތަކަކަށް ބޭނުމެއް ނުވެއެވެ. އަދި މުސްލިމަކަށްވެ ހުރެ އިސްލާމީ ޝަރީއަތާ ދެކޮޅަށް ވަކާލާތު ކުރާކަށް އިސްލާމަކަށް ނުވެސް ކެރޭނެއެވެ. އުމަރުގެފާނުގެ ޙަލީފާކަމުގެ ޒަމާނުގައި އެކަލޭގެފާނުގެ އަރިއަހަށް ހުށަހެޅުނު މައްސަލައަކާ ވިދިގެން ވިދާޅުވިއެވެ. “ތިޔަ ކަމެއް ހިނގައިފި ހެއްޔެވެ؟” ޖަވާބުގައި ނޫނެކޭ ދެންނެވުމުން ވިދާޅުވިއެވެ. “ތިޔަ ކަމެއް ހިނގިއިރަކުން އަހަރެން ކާރިއަށް އަންނާށެވެ! އޭރުން އަހަރެން ބަދުރުގެ ސަހާބީން ގެންނާނަމެވެ. އަދި އެބޭކަލުން ވިދާޅުވި އެއްޗެއް ތިޔަ ބޭކަލުންނަށް ކިޔާދެއްވާނަމެވެ.”
ބަދުރުގެ ސަހާބީން ކަމަށް އެކަލޭގެފާނު އެވިދާޅުވި ބޭކަލުންނަކީ އެކަލާނގެ އެބެއިކަލުންގެ ފާފަތައް ފުއްސަވައިފި ކަމުގެ ޙަބަރު ދެއްވާފައި ތިބި އޭރު ބިންމަތީގައި ތިބި އެންމެ އިއްޒަތްތެރި ގަދަރުވެރި ބޭކަލުންނެވެ. އެބެއިކަލުންނަކީ އެބެއިކަލުންގެ ފަތުވާއަށް އުޖޫރަ ހިއްޕަވާނެ ބައެއް ނޫނެވެ. އަދި އިމްތިޔާޒު ތަކެއްވެސް ބޭނުން ކުރެއްވި ބައެއް ނޫނެވެ. އެބޭކަލުންނަށް މީހުން މުޙާތަބު ކުރާއިރު “އިއްޒަތްތެރި” މިލަގަބު ވެސް ބޭނުންކުރާކަށް ނުޖެހެއެވެ. އަދި އެބޭކަލުންނަކީ ވެރިކަމުގެ 3 ބާރުގެ ތެރެއިން ބާރެއްގެ ބައެއްވެސް ނޫނެވެ. އެބެއިކަލުން ތިއްބަވަނީ ޙަލީފާއަށް ފުރިހަމައަށް ކިޔަމަންވެ ބައިއަތު ހިއްޕަވައިގެންނެވެ. އެއީ ޙަލީފާ އުރެދުމަކަށް އަމުރު ނުކުރާހާ ހިނދަކު އެވެ.
Subscribe to:
Posts (Atom)


