For the love of Islam...
Islam is constantly being attacked by the kuffar without provocation even here in Maldives. We Muslims need to realize this and act on this. Knowledge is the way to counter this war. We need to educate ourselves on Islam and defend Islam from slander by the kuffar. Their problem is lack of knowledge. The more they know about Islam, the more they are drawn to the straight path.
Thursday, April 23, 2020
މިސްކިތްތައް ބަންދު ކޮށް ހުކުރާ ހައްޖު ކުރުން ހުއްޓާލުން
Sunday, March 22, 2015
އިސްލާމްދީނަށް އުޅުމުގެ ނިއުމަތް އެނގޭނީ އެ ނިއުމަތްވެސް ގެންދެވުމުން ނެވެ.
ޗައިނާގައި 15 އަހަރު ނުވާ ކުދިން މިސްކިތް ތަކަށް ދިޔުމާއި ގުރުއާން ކިޔެވުމަކީ މަނާ ކެމެކެވެ. ޗައިނާގައި އިސްލާމީ ދަރި ފަސްކޮޅެއް ވެއެވެ. އެއީ އިސްލާމީ ޙިލާފަތް އުވާލެވުނު އިރު ޗައިނާއާ އެއް އިން ވެގެން އޮތް ބިމުގައި ދިރި އުޅެމުންއައި ތުރުކީ ދަރިފަސްކޮޅެއްގެ ބަޔެކެވެ. އެބިން ޗައިނާގެ ބަޔަކަށް ހެދުމަށްފަހު އެބިމުގެ އަހުލުވެރިން ދީނާ ދުރު ކުރުމަށް ގިނަ މަސައްކަތް ތަކެއް ޗައިނާ ސަރުކާރުން ކުރަމުން ދެއެވެ. މިގޮތުން މުސްލިމުން ގިނައިން އުޅޭ ހިސާބުތަކުގައި ކާފަރުން އާބާދު ކުރުވައެވެ. އަދި ރޯދަހިފުމާއި ބުރުގާ އެޅުން ވެސް ވަނީ މަނާ ކޮށްފައެވެ. ތުނބުޅި ދިގުކޮށްފަ ބެހެއްޓުމަކީވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. މިކަންކަން ހުއްޓުވަން މުސްލިމުން އުޅޭ ހިސާބުތަކުގައި ޕޯސްޓަރު ތައް ތަތް ކޮށްފަ ހުރެއެވެ. ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއީ ސްކޫލެއް ނުވަތަ ހޮސްޕިޓަލަކަށްވެސް އެމީހުންގެ ސިޔާސަތު ތަކާ ނުގުޅޭގޮތަށް ހެދުން އަޅައިގެން ނުވަދެވޭނެއެވެ.
އިސްލާމީ ޙިލާފަތް އުވުމުން އެންމެ ބޮޑު ދުއްތުރާ އުފުލަން ޖެހިފައި މިވަނީ ޗައިނާގަ އުޅޭ މުސްލިމުންނަށެވެ. ޔޫރަޕްގައި ދިރިއުޅޭ މުސްލިމުންނަށް ހައްގުތަކެއް މީގެ ކުރީގަ ލިބިފައޮތަސް އެކަންތައްވެސް މިހާރު ނެތިގެން އެދަނީއެވެ. އެގޮތުން ބުރުގާ އެޅުން މުޅި ޔޫރަޕްގައި މިހާރު މަނާ ކުރެވިއްޖެއެވެ. އަދި ޑެންމާކް ގައި ހަލާލް ގޮތުގައި ކަތިލެވޭ ޖަނަވާރުގެ މަސް އެތެރެ ކުރުމާއި ވިއްކުން މަނާ ކުރެވިއްޖެއެވެ. މިހުރިހާ ކަމެއް މިދިމާވީ ހަމަ މަދު ދުވަސް ކޮޅުތަކެއްގެ ތެރޭގައެވެ. އެކަމަކު މުސްލިމުންނަށް އެކަލާނގެ އަބަދުވެސް މަގެއް ދައްކަވާނެތެވެ. އެގޮތުން ކާފަރުންގެ އަނިޔާތައް އިތުރުވުމާއެކު އެކަލާނގެ އަލުން އިސްލާމީ ޙިލާފަތް ގާއިމް ކޮށްދެއްވިއެވެ. އަހަރެއްފުރެމުން އަންނަ މި އިސްލާމީ ޙިލާފަތް ﷲގެ ވާގިފުޅާއެކު މުޅި ދުނިޔެއަށް ފެތުރޭނެއެވެ. އަދި މުސްލިމުންނަށް އުފާވެރިކަން ގެނެސް ދޭނެއެވެ.
Saturday, March 21, 2015
އިންސާފު ލިބޭނެ ކަމަށް ހީވެސް ކުރިންތަ؟
އަހަރެމެން މުސްލިމުން ދުނިޔެއާ މެދު ދެކެނީ ހަމަ ކުޑަކުދިންވެސް ވިސްނާގޮތަށް ވަރަށް މައުސޫމު ކޮށެވެ. ޑިމޮކްރެސީ އާ މިނިވަންކަން މިފަދަ ބަސްތައް ކާފަރުން ބޭނުން ކޮށް އަހަރެމެން ގެ ވިސްނުން ވަރަށް ފަސޭހައިން އަޅުވެތި ކޮށްލައެވެ. އަދި ކާފަރުންގެ އަބަދުވެސް ދައުވާއަކީ އެމީހުންނަކީ ސުލްހަ ގާއިމް ކުރާ އަދުލުވެރި ބައެއް ކަމަށެވެ. އެކަމަކު އެމީހުންގެ އަމަލު ތައް ހުންނާނީ ގިނަފަހަރަށް ދިމާ އިދިކޮޅަށެވެ. މިސާލަކަށް މަތީގައި އެވާ ދެ ފޮޓޯ އަށް ބައްލަވާށެވެ. އެއް ފޮޓޯގައި ދައްކަނީ މޮހޮރު ބޮމެއް ހެދި ކާފަރު އަންހެނެކެވެ. އޭނާ ގެ ކުށަށް އެމީހުންގެ ކޯޓުން ހުކުމް ކުރީ 2 އަހަރަށެވެ. ދެން އެއާ ޖެހިގެން ހުރި މުސްލިމް އުޙްތު ކުރީ ފޭސްބުކްގައި އަޕްޑޭޓެކެވެ. އެއީ އިސްލާމީ ޙިލާފަތަށް ތައުރީފް ކޮށްފަ އަދި ޖިހާދަށް ހިއްވަރު ދީފައެވެ. ޖިހާދަކީ ކާފަރުން ގަބޫލު ކުރާގޮތުގައި ޓޭރަރިޒަމެވެ. ވީމާ އެމީހުން އެއުޙްތާ އަށް ހުކުމް ކުރީ 5 އަހަރާ 3 މަހަށެވެ. މީގެ ތަފާތު ބައްލަވާށެވެ. އެކަކު ހަމަ އަސްލުވެސް ބޮމެއް ހެދީއެވެ. އަނެކަކު ފޭސްބުކް އަޕްޑޭޓް ކުރީއެވެ. އެކަމަކު ހުކުމް އައި ގޮތް ބައްލަވާށެވެ. ހަމަ މިފަދަ އަނެއް ފޮޓޯ ތިރީގައި މި ވަނީ އެވެ. އެކަކީ މުސްލިމެކެވެ. އަނެކަކީ ކްރިސްޓިއަނެކެވެ. ދެމީހުންގެ މައްޗަށްވެސް އުފުލީ ހަމަ އެއް ދައުވާއެކެވެ. ކްރިސްޓިއަން މީހާ އަށް ހުކުމް ކުރެވުނީ 5 އަހަރަށެވެ. އެއީ އޭނާގެ އަތުގައި ބައިވަރު ހަތިޔާރު ހުރިކަން ހެކިތަކުން ސާބިތު ވުމަށް ފަހުގައެވެ. އަނެއް މުސްލިމް އަޙާ އުމުރަށް ހުކުމް ކުރެވުނެވެ. އެއްވެސް ހެއްކެތް ނެތިއެވެ. އޭނާ ސައުދީ ޖަލެއްގައި ބާއްވައި އަނިޔާކޮށް ނަގާފައިވާ އިއުތިރާފް ގެ ބަޔާނެއް ކަމަށް ބުނާ އެއްޗެއް ފިޔަވައެވެ.
Friday, March 20, 2015
ބިދުއައެއް ގެ ފެށުން
ދުނިޔެވީ ކަންކަމާ ޙިލާފަށް އަޅުކަމުގެ ކަންތަކަކީ އާންމު އުސޫލުން ސުއްނަތާ ނައްސުތަކުން ސާބިތުވާ ކަންތައަފިޔަވައި ދެންހުރި ހުރިހާ ކަމެއް ހުއްދަ ނޫން ކަންކަމެވެ. ދުނިޔެވީ ކަންކަމުގައި އާންމު އުސޫލަކީ ހުރިހާ ކަމެއް ހުއްދަ ވެގެން ވުމެވެ. އެއީ ނައްސު ތަކުން އެކަން މަނާވެގެން ނުވާ ނަމައެވެ. މިގޮތުން ބަލާއިރު އިސްލާމީ މަރުކަޒުގެ ސިޑިބަރިއާއި މަގުމަތީގައި ރައީސް ނަޝީދު ޖަލަށް ލެވުމުން އެމަނިކުފާނަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ހުކުރު ނަމާދަށް ފަހު ކުރަމުން ދާ ދުއާއަކީ ބިދުއަ ކަމަކަށް ވުން ވަރަތް ގާތް ކަމެކެވެ. އެހެނީ އެއީ ދުއާ ކުރުމަކީ އަޅުކަމަކަށް ވެފައި އެގޮތަށް ޖަމާއަތުގައި ހުކުރު ނަމާދުގެ ފަހުގައި ވަކިން ޖަމާއަތް ހަދައިގެން ކުރުމަކީ ސުއްނަތުން ސާބިތުވެފައި ވާ ކަމެއްކަމަށް އެނގެން ނެތުމުން ނެވެ. މިކަމުގައި އިލްމުވެރިން ގެ ބަސް ވަރަށް މުހިއްމު ކަމުގައި ދެކެމެވެ. އެހެނީ ބިދުއަ ވެރި ކަންތަކަކީ އެކަންތައް ހަމަ ފެށޭތަނުން އެކަމަކަށް އިލްމުވެރިން ރައްދު ދޭން ޖެހޭ ކަންތަކެވެ. ކުރީގެ ދީންތައްވެސް ހަލާކު ވެގެން ދިޔައީ އެދީންތަކުގެ އިލްމު ވެރިން އިލްމު ނެތްމީހުން އުފައްދާ ބިދުއަ ތަކަށް އެކި އެކި ސަބަބުތަކާ ހުރެ ރައްދު ދިނުމުން އެއްކިބާ ވުމުންނެވެ.
Friday, September 26, 2014
އަހަރެން ﷲ ތައާލާއަށް މިހުރިހާ ވާހަކައެއް ކިޔާދޭނަން
މީއީ ސީރިޔާގެ 3 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ހަނގުރާމައިގައި ލިބުނު އަނިޔާތަކަށް ފަރުވާހޯދަމުން ދަނިކޮށް ޑޮކްޓަރުން ކައިރީ ބުނެލި އޭނަގެ އެންމެ ފަހުގެ ބަހެވެ. އެކުއްޖާގެ މި އަސަރުގަދަ ޖުމްލަ ދުނިޔޭގެ ހުރިހާ ދީންތަކެއްގެ މީހުންވެސް އެމީހުންގެ އަގީދާއަށް ބާރުހޯދަން ބޭނުން ކުރަން މިހާރު ވަނީ ފަށާފައެވެ. އެކުއްޖާއާ ބެހޭގޮތުން މާގިނަ މައުލޫމާތެއް ލިބެންނެތް ނަމަވެސް އެމައުސޫމު ކުއްޖާގެ ޝަކުވާ އެކަލާނގެ އައްސަވާނެ ކަމަށާ އެކުއްޖާއަށް ނޭނގުނަސް އެކަލާނގެ މިހުރިހާ ކަމެއް ދެނެވޮޑިގެންވާނެކަން އަޅުގަނޑުމެން ގަބޫލުކުރަމެވެ. އެކުއްޖާގެ ތަސައްވުރުގައި ޝަކުވާ ދަންނަވާނެ ފަރާތެއް އިތުރަކަށް ނެތެވެ. މަންމައާ ބައްޕަ އަދި އާއިލާވެސް ވަނީ ހަނގުރާމައިގެ ޝިކާރައަކަށްވެފައެވެ. ޝަކުވާ ބަލައިގަންނާނެ ސަރުކާރެއްނެތެވެ. އެހެނީ އެހަނގުރާމަ ކުރަނީވެސް ސަރުކާރުންނެވެ. އެއީ އާންމު މައުސޫމުންނާ ދެކޮޅަށެވެ. މިހަނގުރާމައިގެ ބައިވެރިންނާ ދިމާވެގެން މިއުޅޭ މައްސަލަ އެކުއްޖާއަށް އެނގޭނެހެނެއް ހިޔެއްނުވެއެވެ. އެކަމަކު އެކުއްޖާގެ އަގީދާ ސައްހައެވެ. ޝަކުވާ ދަންނަވަންޖެހެނީ ﷲތައާލާ އަށެވެ. ވަލީވެރިޔަކަށް ނޫނީ އިމާމަކަށް ނޫނެވެ. ﷲތައާލާ މި މައުސޫމު ސުވަރުގޭގައި ލައްވައި އަހަރެމެން އެންމެން އެއްތަން ކުރައްވާށި! އާމީން.
Thursday, September 25, 2014
މިގައުމުގައި އިސްލާމިސްޓުން އެބަ އުޅޭތޯ؟
މިނިވަންނޫސްފަދަ ބައެއް ސެކިއުލާ ނޫސްތަކުން އިސްލާމިސްޓުން ރާއްޖޭގައި އުޅޭކަމަށް ލިޔާތީ މިކަމާ ވިސްނާލެއްވިންތޯއެވެ؟ ރާއްޖޭގެ ގިނަ މީހުންނަކީ މުސްލިމުންނަށްވެފައި އިސްލާމްދީން ކުރިއަރުވަން ބަޔަކު ހަރަކާތެއް ހިންގުމުން އެމީހުން އެކުރަނީ ގޯސް ކަމެއްކަމަށް މީހުންނަށް ވިސްނުވައިދޭންވެގެން މިކުރާ މަސައްކަތުގެ ފަހަތުގައިވަނީ އިލްމުގެ މަދުކަން ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. މިގޮތުން ބަލާއިރު ކޮންމެ މުޖުތަމައެއްގައިވެސް އެތަނުގަ އަހުލުވެރިން ގެ އަގީދާއަށް ގަދަރު ކުރުމަކީ އޮންނަކަމެކެވެ. އެގޮތުން ސެކިއުލާ ދައުލަތް ތަކުގައިވެސް މިކަން އޮންނަނީ ހަމަ މިހެންނެވެ. އެކަމަކު މިގޮތާ ރާއްޖޭގަ އުޅޭ ސެކިއުލާ ދީނުގެ މީހުންނާ ވަރަށް ތަފާތެވެ. މިސާލަކަށް ދަންނަވަންޏާ އިސްލާމިސްޓުން ގެ ވާހަކަ ދެކެވޭ ނޫހެއްގައި ކާފިރިސްޓުން ގެ ވާހަކައެއްވެސް އަދި މުޅިން އެހެން ޙަބަރެއްގައިވިޔަސް ހިމާނާލުމަކީ އެސައިޓެއް ހިންގާ ބަޔަކު ދެފަރާތް ހަމަކުރަން އުޅޭކަން ދޭހަވާނެ ކަމެކެވެ. އެކަމަކު ދުވަހަކުވެސް ކާފިރިސްޓުން ގެ ވާހަކަ އެފަދަ ބަޔަކު ހާމަ ކުރޭތޯއެވެ. މީ ވިސްނާލެއްވުމަށް ރަނގަޅު ނުކުތާއެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވުނު ހަނގުރާމަތަކުގެ ތާރީޙަށް ބެއްލެވިޔަސް އިސްލާމްދީން ކުރިއަރުވަން "އިސްލާމިސްޓު" ޖަމާއަތަކުން ކުރި ހަނގުރާމަތަކުގައި ދުނިޔެ ދޫކޮށް ދިޔަ މީހުންނަށްވުރެ އެމީހުންނާ އިދިކޮޅަށަށް ކާފިރިސްޓުން މަރާލައިފައިވާ މީހުން އެތައް ގުނަތަކަކުން ބޮޑުވާނެއެވެ. އެކަމަކުވެސް ކާފިރުންގެ އަބަދުވެސް ދައުވާއަކީ އެމީހުންނަކީ ސުލްހަ ގާއިމް ކުރާ މީހުން މިހެންނެވެ. އެއީ ކީރިތި ގުރުއާންގައި ވަޙީ ކުރައްވާފައި ވާ ފަދައިންނެވެ.
وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ
މާނައީ: އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.
ތެދުމަގަކީ ކީރިތި ﷲ އެކަލާނގެ އެދިވޮޑިގަތް އަޅަކަށް މިންވަރުކުރައްވާ ނިއުމަތެކެވެ. މިކަމުގައި ދެކޮޅުވެރިންނަށް ދެއްކޭނޭ ހުއްޖަތެއް ނެތެވެ. އެހެނީ ކާއިނާތުގެ ވެރި އިލާހު އެކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް ކަންތައް ކުރައްވާނެތެވެ. ހުރިހާ އެއްޗެއް އެކަލާނގެއަށް މިލްކުވެ ވޮޑިގެންވެއެވެ. ކޮންމެގޮތަކަށް ކުރެއްވިޔަސް އެއީ ހަމަ އަދުލެވެ. އެއީ ބޭއިންސާފެއް ނޫނެވެ. އަޅުގަނޑުމެން މުސްލިމުންނަށް އޮތީ ޢާފިލު ކަމުން ސަލާމަތްވާން މަސައްކަތް ކުރުމެމެވެ. އަދާވާތް ތެރިން ބޭނުންވާނީ ޖާހިލުކަމުގައި އެމީހުންނާއެކު އަޅުގަނޑުމެންވެސް ބައިވެރި ކުރުވުމެވެ.