Friday, March 20, 2015

ބިދުއައެއް ގެ ފެށުން

 

 

ދުނިޔެވީ ކަންކަމާ ޙިލާފަށް އަޅުކަމުގެ ކަންތަކަކީ އާންމު އުސޫލުން ސުއްނަތާ ނައްސުތަކުން ސާބިތުވާ ކަންތައަފިޔަވައި ދެންހުރި ހުރިހާ ކަމެއް ހުއްދަ ނޫން ކަންކަމެވެ. ދުނިޔެވީ ކަންކަމުގައި އާންމު އުސޫލަކީ ހުރިހާ ކަމެއް ހުއްދަ ވެގެން ވުމެވެ. އެއީ ނައްސު ތަކުން އެކަން މަނާވެގެން ނުވާ ނަމައެވެ. މިގޮތުން ބަލާއިރު އިސްލާމީ މަރުކަޒުގެ ސިޑިބަރިއާއި މަގުމަތީގައި ރައީސް ނަޝީދު ޖަލަށް ލެވުމުން އެމަނިކުފާނަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ހުކުރު ނަމާދަށް ފަހު ކުރަމުން ދާ ދުއާއަކީ ބިދުއަ ކަމަކަށް ވުން ވަރަތް ގާތް ކަމެކެވެ. އެހެނީ އެއީ ދުއާ ކުރުމަކީ އަޅުކަމަކަށް ވެފައި އެގޮތަށް ޖަމާއަތުގައި ހުކުރު ނަމާދުގެ ފަހުގައި ވަކިން ޖަމާއަތް ހަދައިގެން ކުރުމަކީ ސުއްނަތުން ސާބިތުވެފައި ވާ ކަމެއްކަމަށް އެނގެން ނެތުމުން ނެވެ. މިކަމުގައި އިލްމުވެރިން ގެ ބަސް ވަރަށް މުހިއްމު ކަމުގައި ދެކެމެވެ. އެހެނީ ބިދުއަ ވެރި ކަންތަކަކީ އެކަންތައް ހަމަ ފެށޭތަނުން އެކަމަކަށް އިލްމުވެރިން ރައްދު ދޭން ޖެހޭ ކަންތަކެވެ. ކުރީގެ ދީންތައްވެސް ހަލާކު ވެގެން ދިޔައީ އެދީންތަކުގެ އިލްމު ވެރިން އިލްމު ނެތްމީހުން އުފައްދާ ބިދުއަ ތަކަށް އެކި އެކި ސަބަބުތަކާ ހުރެ ރައްދު ދިނުމުން އެއްކިބާ ވުމުންނެވެ.

 

No comments:

Following