Friday, September 26, 2014

އަހަރެން ﷲ ތައާލާއަށް މިހުރިހާ ވާހަކައެއް ކިޔާދޭނަން

މީއީ ސީރިޔާގެ 3 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ހަނގުރާމައިގައި ލިބުނު އަނިޔާތަކަށް ފަރުވާހޯދަމުން ދަނިކޮށް ޑޮކްޓަރުން ކައިރީ ބުނެލި އޭނަގެ އެންމެ ފަހުގެ ބަހެވެ. އެކުއްޖާގެ މި އަސަރުގަދަ ޖުމްލަ ދުނިޔޭގެ ހުރިހާ ދީންތަކެއްގެ މީހުންވެސް އެމީހުންގެ އަގީދާއަށް ބާރުހޯދަން ބޭނުން ކުރަން މިހާރު ވަނީ ފަށާފައެވެ. އެކުއްޖާއާ ބެހޭގޮތުން މާގިނަ މައުލޫމާތެއް ލިބެންނެތް ނަމަވެސް އެމައުސޫމު ކުއްޖާގެ ޝަކުވާ އެކަލާނގެ އައްސަވާނެ ކަމަށާ އެކުއްޖާއަށް ނޭނގުނަސް އެކަލާނގެ މިހުރިހާ ކަމެއް ދެނެވޮޑިގެންވާނެކަން އަޅުގަނޑުމެން ގަބޫލުކުރަމެވެ. އެކުއްޖާގެ ތަސައްވުރުގައި ޝަކުވާ ދަންނަވާނެ ފަރާތެއް އިތުރަކަށް ނެތެވެ. މަންމައާ ބައްޕަ އަދި އާއިލާވެސް ވަނީ ހަނގުރާމައިގެ ޝިކާރައަކަށްވެފައެވެ. ޝަކުވާ ބަލައިގަންނާނެ ސަރުކާރެއްނެތެވެ. އެހެނީ އެހަނގުރާމަ ކުރަނީވެސް ސަރުކާރުންނެވެ. އެއީ އާންމު މައުސޫމުންނާ ދެކޮޅަށެވެ. މިހަނގުރާމައިގެ ބައިވެރިންނާ ދިމާވެގެން މިއުޅޭ މައްސަލަ އެކުއްޖާއަށް އެނގޭނެހެނެއް ހިޔެއްނުވެއެވެ. އެކަމަކު އެކުއްޖާގެ އަގީދާ ސައްހައެވެ. ޝަކުވާ ދަންނަވަންޖެހެނީ ﷲތައާލާ އަށެވެ. ވަލީވެރިޔަކަށް ނޫނީ އިމާމަކަށް ނޫނެވެ. ﷲތައާލާ މި މައުސޫމު ސުވަރުގޭގައި ލައްވައި އަހަރެމެން އެންމެން އެއްތަން ކުރައްވާށި! އާމީން.

No comments:

Following