މީއީ ސީރިޔާގެ 3 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ހަނގުރާމައިގައި ލިބުނު އަނިޔާތަކަށް ފަރުވާހޯދަމުން ދަނިކޮށް ޑޮކްޓަރުން ކައިރީ ބުނެލި އޭނަގެ އެންމެ ފަހުގެ ބަހެވެ. އެކުއްޖާގެ މި އަސަރުގަދަ ޖުމްލަ ދުނިޔޭގެ ހުރިހާ ދީންތަކެއްގެ މީހުންވެސް އެމީހުންގެ އަގީދާއަށް ބާރުހޯދަން ބޭނުން ކުރަން މިހާރު ވަނީ ފަށާފައެވެ. އެކުއްޖާއާ ބެހޭގޮތުން މާގިނަ މައުލޫމާތެއް ލިބެންނެތް ނަމަވެސް އެމައުސޫމު ކުއްޖާގެ ޝަކުވާ އެކަލާނގެ އައްސަވާނެ ކަމަށާ އެކުއްޖާއަށް ނޭނގުނަސް އެކަލާނގެ މިހުރިހާ ކަމެއް ދެނެވޮޑިގެންވާނެކަން އަޅުގަނޑުމެން ގަބޫލުކުރަމެވެ. އެކުއްޖާގެ ތަސައްވުރުގައި ޝަކުވާ ދަންނަވާނެ ފަރާތެއް އިތުރަކަށް ނެތެވެ. މަންމައާ ބައްޕަ އަދި އާއިލާވެސް ވަނީ ހަނގުރާމައިގެ ޝިކާރައަކަށްވެފައެވެ. ޝަކުވާ ބަލައިގަންނާނެ ސަރުކާރެއްނެތެވެ. އެހެނީ އެހަނގުރާމަ ކުރަނީވެސް ސަރުކާރުންނެވެ. އެއީ އާންމު މައުސޫމުންނާ ދެކޮޅަށެވެ. މިހަނގުރާމައިގެ ބައިވެރިންނާ ދިމާވެގެން މިއުޅޭ މައްސަލަ އެކުއްޖާއަށް އެނގޭނެހެނެއް ހިޔެއްނުވެއެވެ. އެކަމަކު އެކުއްޖާގެ އަގީދާ ސައްހައެވެ. ޝަކުވާ ދަންނަވަންޖެހެނީ ﷲތައާލާ އަށެވެ. ވަލީވެރިޔަކަށް ނޫނީ އިމާމަކަށް ނޫނެވެ. ﷲތައާލާ މި މައުސޫމު ސުވަރުގޭގައި ލައްވައި އަހަރެމެން އެންމެން އެއްތަން ކުރައްވާށި! އާމީން.
Islam is constantly being attacked by the kuffar without provocation even here in Maldives. We Muslims need to realize this and act on this. Knowledge is the way to counter this war. We need to educate ourselves on Islam and defend Islam from slander by the kuffar. Their problem is lack of knowledge. The more they know about Islam, the more they are drawn to the straight path.
Friday, September 26, 2014
އަހަރެން ﷲ ތައާލާއަށް މިހުރިހާ ވާހަކައެއް ކިޔާދޭނަން
Thursday, September 25, 2014
މިގައުމުގައި އިސްލާމިސްޓުން އެބަ އުޅޭތޯ؟
މިނިވަންނޫސްފަދަ ބައެއް ސެކިއުލާ ނޫސްތަކުން އިސްލާމިސްޓުން ރާއްޖޭގައި އުޅޭކަމަށް ލިޔާތީ މިކަމާ ވިސްނާލެއްވިންތޯއެވެ؟ ރާއްޖޭގެ ގިނަ މީހުންނަކީ މުސްލިމުންނަށްވެފައި އިސްލާމްދީން ކުރިއަރުވަން ބަޔަކު ހަރަކާތެއް ހިންގުމުން އެމީހުން އެކުރަނީ ގޯސް ކަމެއްކަމަށް މީހުންނަށް ވިސްނުވައިދޭންވެގެން މިކުރާ މަސައްކަތުގެ ފަހަތުގައިވަނީ އިލްމުގެ މަދުކަން ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. މިގޮތުން ބަލާއިރު ކޮންމެ މުޖުތަމައެއްގައިވެސް އެތަނުގަ އަހުލުވެރިން ގެ އަގީދާއަށް ގަދަރު ކުރުމަކީ އޮންނަކަމެކެވެ. އެގޮތުން ސެކިއުލާ ދައުލަތް ތަކުގައިވެސް މިކަން އޮންނަނީ ހަމަ މިހެންނެވެ. އެކަމަކު މިގޮތާ ރާއްޖޭގަ އުޅޭ ސެކިއުލާ ދީނުގެ މީހުންނާ ވަރަށް ތަފާތެވެ. މިސާލަކަށް ދަންނަވަންޏާ އިސްލާމިސްޓުން ގެ ވާހަކަ ދެކެވޭ ނޫހެއްގައި ކާފިރިސްޓުން ގެ ވާހަކައެއްވެސް އަދި މުޅިން އެހެން ޙަބަރެއްގައިވިޔަސް ހިމާނާލުމަކީ އެސައިޓެއް ހިންގާ ބަޔަކު ދެފަރާތް ހަމަކުރަން އުޅޭކަން ދޭހަވާނެ ކަމެކެވެ. އެކަމަކު ދުވަހަކުވެސް ކާފިރިސްޓުން ގެ ވާހަކަ އެފަދަ ބަޔަކު ހާމަ ކުރޭތޯއެވެ. މީ ވިސްނާލެއްވުމަށް ރަނގަޅު ނުކުތާއެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވުނު ހަނގުރާމަތަކުގެ ތާރީޙަށް ބެއްލެވިޔަސް އިސްލާމްދީން ކުރިއަރުވަން "އިސްލާމިސްޓު" ޖަމާއަތަކުން ކުރި ހަނގުރާމަތަކުގައި ދުނިޔެ ދޫކޮށް ދިޔަ މީހުންނަށްވުރެ އެމީހުންނާ އިދިކޮޅަށަށް ކާފިރިސްޓުން މަރާލައިފައިވާ މީހުން އެތައް ގުނަތަކަކުން ބޮޑުވާނެއެވެ. އެކަމަކުވެސް ކާފިރުންގެ އަބަދުވެސް ދައުވާއަކީ އެމީހުންނަކީ ސުލްހަ ގާއިމް ކުރާ މީހުން މިހެންނެވެ. އެއީ ކީރިތި ގުރުއާންގައި ވަޙީ ކުރައްވާފައި ވާ ފަދައިންނެވެ.
وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ
މާނައީ: އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.
ތެދުމަގަކީ ކީރިތި ﷲ އެކަލާނގެ އެދިވޮޑިގަތް އަޅަކަށް މިންވަރުކުރައްވާ ނިއުމަތެކެވެ. މިކަމުގައި ދެކޮޅުވެރިންނަށް ދެއްކޭނޭ ހުއްޖަތެއް ނެތެވެ. އެހެނީ ކާއިނާތުގެ ވެރި އިލާހު އެކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް ކަންތައް ކުރައްވާނެތެވެ. ހުރިހާ އެއްޗެއް އެކަލާނގެއަށް މިލްކުވެ ވޮޑިގެންވެއެވެ. ކޮންމެގޮތަކަށް ކުރެއްވިޔަސް އެއީ ހަމަ އަދުލެވެ. އެއީ ބޭއިންސާފެއް ނޫނެވެ. އަޅުގަނޑުމެން މުސްލިމުންނަށް އޮތީ ޢާފިލު ކަމުން ސަލާމަތްވާން މަސައްކަތް ކުރުމެމެވެ. އަދާވާތް ތެރިން ބޭނުންވާނީ ޖާހިލުކަމުގައި އެމީހުންނާއެކު އަޅުގަނޑުމެންވެސް ބައިވެރި ކުރުވުމެވެ.