Thursday, September 25, 2014

މިގައުމުގައި އިސްލާމިސްޓުން އެބަ އުޅޭތޯ؟

މިނިވަންނޫސްފަދަ ބައެއް ސެކިއުލާ ނޫސްތަކުން އިސްލާމިސްޓުން ރާއްޖޭގައި އުޅޭކަމަށް ލިޔާތީ މިކަމާ ވިސްނާލެއްވިންތޯއެވެ؟ ރާއްޖޭގެ ގިނަ މީހުންނަކީ މުސްލިމުންނަށްވެފައި އިސްލާމްދީން ކުރިއަރުވަން ބަޔަކު ހަރަކާތެއް ހިންގުމުން އެމީހުން އެކުރަނީ ގޯސް ކަމެއްކަމަށް މީހުންނަށް ވިސްނުވައިދޭންވެގެން މިކުރާ  މަސައްކަތުގެ ފަހަތުގައިވަނީ އިލްމުގެ މަދުކަން ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. މިގޮތުން ބަލާއިރު ކޮންމެ މުޖުތަމައެއްގައިވެސް އެތަނުގަ އަހުލުވެރިން ގެ އަގީދާއަށް ގަދަރު ކުރުމަކީ އޮންނަކަމެކެވެ. އެގޮތުން ސެކިއުލާ ދައުލަތް ތަކުގައިވެސް މިކަން އޮންނަނީ ހަމަ މިހެންނެވެ. އެކަމަކު މިގޮތާ ރާއްޖޭގަ އުޅޭ ސެކިއުލާ ދީނުގެ މީހުންނާ ވަރަށް ތަފާތެވެ. މިސާލަކަށް ދަންނަވަންޏާ އިސްލާމިސްޓުން ގެ ވާހަކަ ދެކެވޭ ނޫހެއްގައި ކާފިރިސްޓުން ގެ ވާހަކައެއްވެސް  އަދި މުޅިން އެހެން ޙަބަރެއްގައިވިޔަސް ހިމާނާލުމަކީ އެސައިޓެއް ހިންގާ ބަޔަކު  ދެފަރާތް ހަމަކުރަން އުޅޭކަން ދޭހަވާނެ ކަމެކެވެ. އެކަމަކު ދުވަހަކުވެސް ކާފިރިސްޓުން ގެ ވާހަކަ އެފަދަ ބަޔަކު ހާމަ ކުރޭތޯއެވެ. މީ ވިސްނާލެއްވުމަށް ރަނގަޅު ނުކުތާއެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވުނު ހަނގުރާމަތަކުގެ ތާރީޙަށް ބެއްލެވިޔަސް އިސްލާމްދީން ކުރިއަރުވަން "އިސްލާމިސްޓު" ޖަމާއަތަކުން  ކުރި ހަނގުރާމަތަކުގައި ދުނިޔެ ދޫކޮށް ދިޔަ މީހުންނަށްވުރެ އެމީހުންނާ އިދިކޮޅަށަށް ކާފިރިސްޓުން މަރާލައިފައިވާ މީހުން އެތައް ގުނަތަކަކުން ބޮޑުވާނެއެވެ. އެކަމަކުވެސް ކާފިރުންގެ އަބަދުވެސް ދައުވާއަކީ އެމީހުންނަކީ ސުލްހަ ގާއިމް ކުރާ މީހުން މިހެންނެވެ. އެއީ ކީރިތި ގުރުއާންގައި ވަޙީ ކުރައްވާފައި ވާ ފަދައިންނެވެ.

وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ

މާނައީ: އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.

 

ތެދުމަގަކީ ކީރިތި ﷲ އެކަލާނގެ އެދިވޮޑިގަތް އަޅަކަށް މިންވަރުކުރައްވާ ނިއުމަތެކެވެ. މިކަމުގައި ދެކޮޅުވެރިންނަށް ދެއްކޭނޭ ހުއްޖަތެއް ނެތެވެ. އެހެނީ ކާއިނާތުގެ ވެރި އިލާހު އެކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް ކަންތައް ކުރައްވާނެތެވެ. ހުރިހާ އެއްޗެއް އެކަލާނގެއަށް މިލްކުވެ ވޮޑިގެންވެއެވެ. ކޮންމެގޮތަކަށް ކުރެއްވިޔަސް އެއީ ހަމަ އަދުލެވެ. އެއީ ބޭއިންސާފެއް ނޫނެވެ. އަޅުގަނޑުމެން މުސްލިމުންނަށް އޮތީ ޢާފިލު ކަމުން ސަލާމަތްވާން މަސައްކަތް ކުރުމެމެވެ. އަދާވާތް ތެރިން ބޭނުންވާނީ ޖާހިލުކަމުގައި އެމީހުންނާއެކު އަޅުގަނޑުމެންވެސް ބައިވެރި ކުރުވުމެވެ.

No comments:

Following