Friday, September 26, 2014

އަހަރެން ﷲ ތައާލާއަށް މިހުރިހާ ވާހަކައެއް ކިޔާދޭނަން

މީއީ ސީރިޔާގެ 3 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ހަނގުރާމައިގައި ލިބުނު އަނިޔާތަކަށް ފަރުވާހޯދަމުން ދަނިކޮށް ޑޮކްޓަރުން ކައިރީ ބުނެލި އޭނަގެ އެންމެ ފަހުގެ ބަހެވެ. އެކުއްޖާގެ މި އަސަރުގަދަ ޖުމްލަ ދުނިޔޭގެ ހުރިހާ ދީންތަކެއްގެ މީހުންވެސް އެމީހުންގެ އަގީދާއަށް ބާރުހޯދަން ބޭނުން ކުރަން މިހާރު ވަނީ ފަށާފައެވެ. އެކުއްޖާއާ ބެހޭގޮތުން މާގިނަ މައުލޫމާތެއް ލިބެންނެތް ނަމަވެސް އެމައުސޫމު ކުއްޖާގެ ޝަކުވާ އެކަލާނގެ އައްސަވާނެ ކަމަށާ އެކުއްޖާއަށް ނޭނގުނަސް އެކަލާނގެ މިހުރިހާ ކަމެއް ދެނެވޮޑިގެންވާނެކަން އަޅުގަނޑުމެން ގަބޫލުކުރަމެވެ. އެކުއްޖާގެ ތަސައްވުރުގައި ޝަކުވާ ދަންނަވާނެ ފަރާތެއް އިތުރަކަށް ނެތެވެ. މަންމައާ ބައްޕަ އަދި އާއިލާވެސް ވަނީ ހަނގުރާމައިގެ ޝިކާރައަކަށްވެފައެވެ. ޝަކުވާ ބަލައިގަންނާނެ ސަރުކާރެއްނެތެވެ. އެހެނީ އެހަނގުރާމަ ކުރަނީވެސް ސަރުކާރުންނެވެ. އެއީ އާންމު މައުސޫމުންނާ ދެކޮޅަށެވެ. މިހަނގުރާމައިގެ ބައިވެރިންނާ ދިމާވެގެން މިއުޅޭ މައްސަލަ އެކުއްޖާއަށް އެނގޭނެހެނެއް ހިޔެއްނުވެއެވެ. އެކަމަކު އެކުއްޖާގެ އަގީދާ ސައްހައެވެ. ޝަކުވާ ދަންނަވަންޖެހެނީ ﷲތައާލާ އަށެވެ. ވަލީވެރިޔަކަށް ނޫނީ އިމާމަކަށް ނޫނެވެ. ﷲތައާލާ މި މައުސޫމު ސުވަރުގޭގައި ލައްވައި އަހަރެމެން އެންމެން އެއްތަން ކުރައްވާށި! އާމީން.

Thursday, September 25, 2014

މިގައުމުގައި އިސްލާމިސްޓުން އެބަ އުޅޭތޯ؟

މިނިވަންނޫސްފަދަ ބައެއް ސެކިއުލާ ނޫސްތަކުން އިސްލާމިސްޓުން ރާއްޖޭގައި އުޅޭކަމަށް ލިޔާތީ މިކަމާ ވިސްނާލެއްވިންތޯއެވެ؟ ރާއްޖޭގެ ގިނަ މީހުންނަކީ މުސްލިމުންނަށްވެފައި އިސްލާމްދީން ކުރިއަރުވަން ބަޔަކު ހަރަކާތެއް ހިންގުމުން އެމީހުން އެކުރަނީ ގޯސް ކަމެއްކަމަށް މީހުންނަށް ވިސްނުވައިދޭންވެގެން މިކުރާ  މަސައްކަތުގެ ފަހަތުގައިވަނީ އިލްމުގެ މަދުކަން ކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. މިގޮތުން ބަލާއިރު ކޮންމެ މުޖުތަމައެއްގައިވެސް އެތަނުގަ އަހުލުވެރިން ގެ އަގީދާއަށް ގަދަރު ކުރުމަކީ އޮންނަކަމެކެވެ. އެގޮތުން ސެކިއުލާ ދައުލަތް ތަކުގައިވެސް މިކަން އޮންނަނީ ހަމަ މިހެންނެވެ. އެކަމަކު މިގޮތާ ރާއްޖޭގަ އުޅޭ ސެކިއުލާ ދީނުގެ މީހުންނާ ވަރަށް ތަފާތެވެ. މިސާލަކަށް ދަންނަވަންޏާ އިސްލާމިސްޓުން ގެ ވާހަކަ ދެކެވޭ ނޫހެއްގައި ކާފިރިސްޓުން ގެ ވާހަކައެއްވެސް  އަދި މުޅިން އެހެން ޙަބަރެއްގައިވިޔަސް ހިމާނާލުމަކީ އެސައިޓެއް ހިންގާ ބަޔަކު  ދެފަރާތް ހަމަކުރަން އުޅޭކަން ދޭހަވާނެ ކަމެކެވެ. އެކަމަކު ދުވަހަކުވެސް ކާފިރިސްޓުން ގެ ވާހަކަ އެފަދަ ބަޔަކު ހާމަ ކުރޭތޯއެވެ. މީ ވިސްނާލެއްވުމަށް ރަނގަޅު ނުކުތާއެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވުނު ހަނގުރާމަތަކުގެ ތާރީޙަށް ބެއްލެވިޔަސް އިސްލާމްދީން ކުރިއަރުވަން "އިސްލާމިސްޓު" ޖަމާއަތަކުން  ކުރި ހަނގުރާމަތަކުގައި ދުނިޔެ ދޫކޮށް ދިޔަ މީހުންނަށްވުރެ އެމީހުންނާ އިދިކޮޅަށަށް ކާފިރިސްޓުން މަރާލައިފައިވާ މީހުން އެތައް ގުނަތަކަކުން ބޮޑުވާނެއެވެ. އެކަމަކުވެސް ކާފިރުންގެ އަބަދުވެސް ދައުވާއަކީ އެމީހުންނަކީ ސުލްހަ ގާއިމް ކުރާ މީހުން މިހެންނެވެ. އެއީ ކީރިތި ގުރުއާންގައި ވަޙީ ކުރައްވާފައި ވާ ފަދައިންނެވެ.

وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ

މާނައީ: އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.

 

ތެދުމަގަކީ ކީރިތި ﷲ އެކަލާނގެ އެދިވޮޑިގަތް އަޅަކަށް މިންވަރުކުރައްވާ ނިއުމަތެކެވެ. މިކަމުގައި ދެކޮޅުވެރިންނަށް ދެއްކޭނޭ ހުއްޖަތެއް ނެތެވެ. އެހެނީ ކާއިނާތުގެ ވެރި އިލާހު އެކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް ކަންތައް ކުރައްވާނެތެވެ. ހުރިހާ އެއްޗެއް އެކަލާނގެއަށް މިލްކުވެ ވޮޑިގެންވެއެވެ. ކޮންމެގޮތަކަށް ކުރެއްވިޔަސް އެއީ ހަމަ އަދުލެވެ. އެއީ ބޭއިންސާފެއް ނޫނެވެ. އަޅުގަނޑުމެން މުސްލިމުންނަށް އޮތީ ޢާފިލު ކަމުން ސަލާމަތްވާން މަސައްކަތް ކުރުމެމެވެ. އަދާވާތް ތެރިން ބޭނުންވާނީ ޖާހިލުކަމުގައި އެމީހުންނާއެކު އަޅުގަނޑުމެންވެސް ބައިވެރި ކުރުވުމެވެ.

Monday, June 30, 2014

އަހަރެމެން އިސްލާމުންގެ ޔޫނިއަން ނަހަދަންވީ ކީއްވެ؟

ޔޫރަޕްގެ 27 ގައުމު ގުޅިގެން އެކުވެރި ދައުލަތެއް ބިނާކުރުމުން މުޅި ދުނިޔެ އެކަމަށް މަރުހަބާ ކިޔާ އުފާކުރިއެވެ. އަދި އެމީހުންގެ އެގުޅުމުގެ ސަބަބުން ވިޔަފާރި މުދަލާއި މީހުން އެސަރަހައްދު އެކި ގައުމު ހުރަސް ކޮށް ދަތުރުފަތުރު ކުރުމަށް މަގުފަހިވެ ވިޔަފާރިތައް ކުރި އަރައިގެން ދިޔައެވެ. ހަމަ މިފަދަ އެއްބަސްވުމެއްގެ ދަށުން އެމެރިކާ ކެނެޑާ އަދި މެކްސިކޯ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ފައިސާއާ މުދާ ހުރަހެއްނެތި އެގައުމުތަކުގެ މެދުގައި ދައުރު ކުރެވޭގޮތް ހެދުމުން ވިޔަފާރި އެތައް ގުނައަކަށް ކުރިއަރައިގެން ދިޔައެވެ. ހަމަ މިފަދ ނަސީބެއް އިސްލާމީ އުއްމަތަށް މީގެ ސަތޭކަ އަހަރު ކުރިން އެތައް ސަތޭކަ އަހަރެއްވަންދެން ލިބިގެން ވިއެވެ. އެއީ އިސްލާމީ ޙިލާފަތެވެ. ނަމަވެސް އެޙިލާފާ އަހަރެމެންގެ އަތުން ނިގުޅައިގަނެ ކާފަރުން ވަނީ ހަމަ އެމޮޑެލުން ފައިދާ ހޯދަން ފަށާފައެވެ. އެކަމަކު އިސްލާމީ ޙިލާފާގެ މަތިން އިސްލާމުން ހަނދާން ނުނެތެއެވެ. މާތްﷲ ގެ ވާގިފުޅާއެކު ޙިލާފާ އަލުން އުފެއްދުމުގެ މަސައްކަތް މުޖާހިދުން އެބަ ކުރައްވައެވެ. އާޙިރުގައި ކާމިޔާބު ލިބޭނީ ހަމަ ހައްގަށެވެ. މިކަމުގައި އިލްމުވެރިންނާ ޖަދަލު ކުރުމެއް ނެތެވެ. މިއީ ކަނޑައެޅި ބަޔާންވެގެންވާ ވާޖިބެކެވެ. އެކިމީހުން މުޖާހިދުންނަށް އެކި ނަންނަމުން ނިސްބަތް ކޮށް މަލާމާތް ކޮށް ހަދައެވެ. ތިޔައީ ޙަވާރިޖުންނޭ، ވައްހާބީންނޭ ތަކްފީރީންނޭ ކިޔަތެވެ. އެކަމަކު މުޖާހިދުންގެ ޖަދަލަކީ ހަމަ އެންމެ އެއްޗެކެވެ. އެއީ ބާގިޔާއެވެ. އެއީ އެމީހުން ޖިހާދު ކޮށް ޝަހީދުވެގެން ދާންއެދޭ ތަނެވެ. އެއީ ސުވަރުގެއެވެ.

Sunday, June 29, 2014

އިސްލާމީ ޙިލާފާ އިއުލާން ކުރެވުން.

އުސްމާނީ ޙިލާފަތުގެ އެންމެ ފަހުގެ ލަޝްކަރު ޖަމާއަތުގައި ނަމާދު ކުރަނީ 1922މ.

މިބަރަކާތްތެރި ރޯދަމަހުގެ ފުރަތަމަ ދުވަސް އީދަކާ އެއްފަދަ ވެއްޖެއެވެ. ﷲ އަށް ހަމްދުހުއްޓެވެ.  އެކަލާނގެ މިދުވަސް އަންނާނެކަން އެކަލާނގެ ނަބިއްޔާގެ ދޫފުޅުން ވަނީ މާކުރިން އަންގަވާފައެވެ. އިރާގާ ޝާމު އަދި ޔަމަނުގައި ޖިހާދު ކުރާ މުޖާހިދުންގެ އެންމެ އިސް ޖަމާއަތުން މިއަދު އިސްލާމީ ޙިލާފާ އިއުލާން ކުރުމުން ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި އިސްލާމުން ގެންދަނީ އުފާ ފާޅުކުރަމުންނެވެ. ކަންތައް ވާނެ ގޮތް ދެނެވޮޑިގެން ވަނީ މާތްﷲ އެވެ. އަހަރެމެން އެކަލާނގެ ކިބަޔަށް ވަކީލު ކުރަމެވެ. މިއަދު އިސްލާމީ އުއްމަތް ވަނީ ދުވަހަކުވެސް ނިކަމެތި ނުކުރެވޭ ވަރަށް ނިކަމެތި ކުރެވެ ޙަލީފާއެއްގެ ބޭނުން ދުވަހަކުވެސް ނުޖެހޭވަރަށް ޖެހިފައެވެ. ހުޅަނގު ވިސްނުމުން އުފެއްދި ވެރިކަމުގެ ނިޒާމުތަކުގެ ސަބަބުން މުސްލިމުން ވަނީ ބައިބައި ކުރެވި ދުނިޔެވީ މުދަލަށްޓަކާ ދެކޮޅުވެރިންނަށް ވަނީ ވެފައެވެ. އެއްވެސް ހާލެއްގައި މިއިއުލާން ކުރެވުނު އިސްލާމީ ޙަލީފާ ކާފަރުންވެސް އަދި އިސްލާމީ ގައުމުތަކުގެ ނަމުގައި ތިބި ބިންތައްވެސް ގަބޫލު ކުރާނެހެން ހިޔެއްނުވެއެވެ. އެއީ މިހާރު ވެރިކަމުގައި ތިބި ނާގާބިލު އަނިޔާވެރިން އެމީހުންގެ ވެރިކަން ވެއްޓިދާކަށް ނުރުހޭނެއެވެ. ޔޫރަޕިއަން ޔުނިއަން އަދި ނޭޓޯފަދަ ބާރުގަދަ އެއްބައިވުންތައް ކާފަރުގައުމުތަކުން އުފައްދާއިރު އެކަން ރަނގަޅުވެފަ އިސްލާމުން
ޙިލާފާ އުފެއްދުމުން އެކަމާ ނުރުހި އެ މުޖާހިދުންނާ ދެކޮޅަށް ހަނގުރާމަ ކުރާމީހުންގެ ކާފިރުކަން ފާޅުވެ ބަޔާންވެއްޖެއެވެ.

Friday, June 27, 2014

އިރާގުގައި މިހާރު ކުރެވެމުންދާ ހަނގުރާމަ


Figure 1އައިސިސްގެ މުޖާހިދުން އިރާގުގެ ރައްގާ ގައި ސިނގިރެޓު ތައް ނައްތާލަނީ

އިރާގުގައި މިހާރު ކުރެވެމުންދާ ހަނގުރާމައިގެ ބޮޑެތި ހަގީގަތްތައް ދޮގުތަކުން މުޅިދުނިޔެއަށް ދަނީ އޮޅުވާލަމުންނެވެ. މިއީ އާކަމެއް ނޫނެވެ. އެކަމަކު އެކަމަކާ މެދު މުސްލިމުން މިހާރު ވިސްނަންވެއްޖެ ކަމެކެވެ. މިގޮތުން ހުޅަނގުގެ މީޑިއާތަކުން މިހަނގުރާމަ ސިފަކުރަނީ އެއްވެސް އުސޫލެއްނެތި ތަޅާފޮޅުމަށް ލޯބިކުރާ ހައްދުފަހަނަޅާ ގޮސްތިބި ބަޔަކު ކުރާ ކަމެއްގެ ގޮތުގައެވެ. އަދި މިމީހުން މައިތިރި ކުރަން ހުޅަނގުގެ ތަހުޒީބީ ސިފައިންނާއި ހަތިޔާރު ބޭނުންވާ ކަމަށެވެ. އެކަމަކު ކަންއޮތީ އެހެންނެއް ނޫނެވެ. މިއީ އަނިޔާއަށް ކެތްނުވެގެން މުސްލިމުންތައް ނުކުމެ ހުޅަނގުން ވެރިކަން މަތިކޮށްފަތިބި ލާދީނީ ސަރުކާރުތަކާ ދެކޮޅަށް ކުރާ ޖިހާދެކެވެ. ޖިހާދުނުކޮށް އެމީހުންގެ ނިޒާމުގެތެރެއިން ވެރިކަން އަތުލާ ހިންގަން އުޅުނު އިޙްވާނުލް މުސްލިމީން މިއަދު އެތިބީ މިސްރުގައިވެސް ޖަލަށްލާ އަނިޔާލިބިފައެވެ. ސީރިޔާގައި ނުސައިރީންގެ ނުބައިކަމާ ގޮތްދޫނުކުރުމުގެ ސަބަބުން ބޮޑު އިސްލާމީ ގައުމެއް ހާލުގައި ޖެހި ފަނާވަނީއެވެ. އަނެއްކޮޅުން ހައްގުގައިތިބި މުޖާހިދުން އެހަނގުރާމަ ކުރަނީ އިސްލާމީ ޙިލާފަތެއް މިހުރިހާ ގައުމުތަކުގައި ބިނާކުރާށެވެ. މިއީ މިކަމުގައި އިސްލާމީ އުއްމަތަށް ހުރި އެންމެ ރަނގަޅުގޮތް ކަން ޔަގީނެވެ. އެހެނީ އިސްލާމުންނަކީ ޙަލީފާއެއްގެ ބައިއަތުގެ ދަށުގައި ތިބެންޖެހޭބަޔެކެވެ. އަދި އިސްލާމީ ބިންތަކަށް ﷲ މިންވަރުކޮށްދެއްވާފައިވާ ތެލާއި ގޭހާއި މިފަދަ ނިއުމަތްތަކަކީ އެއްވެސް ހާލެއްގައި ޝާހީ އާއިލާތަކަކަށް މިލްކުވެރިވެގެންވާ ހަދިޔާއެއް ނޫނެވެ. އިރާގާއި ސީރިޔާގައި މިކުރެވޭ ހަނގުރާމައިގައި މުޖާހިދުންނަށް ކާމިޔާބުލިބި އިސްލާމީ ޙިލާފަތެއް އުފެދިއްޖެނަމަ ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި ހާލުގައި ޖެހި ނިކަމެތިވެފައިތިބި މުސްލިމުންނާ އެހީވުމުގެ ބާރު އެ ޙިލާފަތަކަށް ލިބޭނެއެވެ. އަދި އިގްތިސާދީގޮތުންވެސް ބާރުތައް ލިބި ހުރިހާގޮތަކުންވެސް މުސްލިމުންނަށް ހެޔޮގޮތް މެދުވެރިވާނެއެވެ.
Figure 2އިރާގު ސިފައިން މުޖާހިދަކު ހައްޔަރު ކޮށް އަނިޔާ ކުރަނީ

Following