Sunday, June 16, 2013

އެމްޑީޕީގެ ތައުލީމީ ވައުދުތަކާމެދު ވިސްނެވިންތޯ

ވައުދުތައް ކަމައް އިސްތިހާރު ކުރާ މި ޕޯސްޓަރުގާ އަޅުގަނޑައް އެންމެ އަޅައިގަތީ 300 ގުރުއާން ދަސް ހާފިޒުން އުފައްދަން ހުށަހަޅާފަވާތީ އެވެ. ސެކިއުލާ ނިޒާމަކައް ކަނޑައެޅިގެން ވަކާލާތު ކުރާ ޕާޓީ އަކުން 300 ހާފިޒުން އުފައްދަން މިއުޅެނީ ކީއްވެތޯ ހަމަ ސުވާލު އުފެދެއެވެ. ޥެރިކަމުގަ ތިބިއިރު ރާއްޖޭގެ އެިކި ކަންކޮޅުގަ އަރަބި ބަސް ދަސްކުރަން ސުކޫލުތަކުގެ ކަރިކިއުލަމް އައް އެބަސް ވައްދަން ހުށައެޅުމުން ޕާޓީ ގެ އިސް ވެރިން ވިދާޅުވީ ފަރަންސޭސި ބަހާ ޖަރުމަނު ބަސް މާބޮޑައް މިކަމައް އެކަށީގެން ވާ ކަމަށެވެ. އެއީ ރާއްޖެއައް ގިނަ އަދަދަކައް ފަތުރު ވެރިން މިގައުމުތަކުން އަންނާތީ ކަމަށެވެ. އަދި ކޮންމެ އަތޮޅަކަށާ ރަށަކައް ފުދޭވަރައް އަރަބި ކިޔަވާ ދޭނެ ޓީޗަރަން ހޯދަން އުނދަގޫ ވާނެ ކަމަށެވެ. ސުވާލަކީ އަރަބި ޓީޗަރުން ހޯދަން އުނަގޫވާވަރައް ފަރަންސޭސި ޓީޗަރުން ހޯދަން އުނދަގޫ ނުވާނެތޯ އެވެ؟ މިކަމުންވެސް ސެކިއުލަރ ލާދީނީ ވިސްނުން ޕާޓީތެރޭގަ އޮތްވަރު ހާމަވެއެވެ.
ގުރުއާން 300 ސަތޭކަ ހާފިޒުން އުފެއްދުމުގެ ބަދަލުގާ 300 ދީނީ އިލްމުވެރިން އުފައްދަން ސިޔާސަތުގާ ކަނޑައެޅިނަމަ ދީނައް ހިދުމަތް ކުރުމުގެ ނިޔަތެއް އޮތްކަމައް ބެލެވިދާނެއެވެ. އެހެނީ  ދީނީ އިލްމުވެރިންނާ އަޅުވެރިން ގެ މިސާލަކީ ހަނދާ އިރުގެ މިސާލުފަދައެވެ. ދިވެހި ގައުމަށާ އިސްލާމީ އުއްމަތައް މިހާރު ބޭނުންވަނީ އިލްމުވެރިން އުފެއްދުމެވެ. އެބޭކަލުންގެ މަސައްކަތުން އިސާހިތަކު އަޅުވެރިން އުފެދިދާހުއްޓެވެ.

No comments:

Following