Saturday, August 24, 2013

އެއީ އެކަލާނގެ ހޮއްވެވާ މަތިވެރި ކުރެއްވި ބައެކެވެ.




މަތީގާ އެފެނިވަޑައިގަންނަވަނީ ސީރިޔާގެ ލާދީނީ ސިފައިން ދިން ކެމިކަލް ހަތިޔާރުން އަނިޔާވެރިގޮތުގާ ށަހީދު ކޮއްލެވުނު މައުސޫމުންތަކެކެވެ. މި ހަމަލާ ދެވުނީ ދަންވަރު އެމީހުން ގޭތަކުގާ ނިދާފަތިއްބައެވެ. ވިހަ ކެމިކަލް މިސައިލުތަކުންއެރި ވިހަ ދުމުން ނޭވާނުލެވި ކޮށިއަރާ، އަނގައާ ނޭފަތުން ފޮނުއައިސް ވަރައް ވޭނުގާ މަރާލެވުނުމައުސޫމުންތަކެކެވެ.

މާތް މިމައުސޫމުންނައް ސުވަރުގެ ދެއްވާށިއެވެ. ށަހީދު ކަމަކީ އަމިއްލައައް ހޯދާ ގަނެވޭ ކަމެއް ނޫނެވެ. އެއީ އެދަރަޖަ ދެއްވުމައް އެކަލާނގެ ހޮއްވަވާ މަތިވެރި ކުރެއްވި ބަޔެކެވެ.

No comments:

Following