Saturday, March 21, 2015

އިންސާފު ލިބޭނެ ކަމަށް ހީވެސް ކުރިންތަ؟

 

 

 

 

 

 

އަހަރެމެން މުސްލިމުން ދުނިޔެއާ މެދު ދެކެނީ ހަމަ ކުޑަކުދިންވެސް ވިސްނާގޮތަށް ވަރަށް މައުސޫމު ކޮށެވެ. ޑިމޮކްރެސީ އާ މިނިވަންކަން މިފަދަ ބަސްތައް ކާފަރުން ބޭނުން ކޮށް އަހަރެމެން ގެ ވިސްނުން ވަރަށް ފަސޭހައިން އަޅުވެތި ކޮށްލައެވެ. އަދި ކާފަރުންގެ އަބަދުވެސް ދައުވާއަކީ އެމީހުންނަކީ ސުލްހަ ގާއިމް ކުރާ އަދުލުވެރި ބައެއް ކަމަށެވެ. އެކަމަކު އެމީހުންގެ އަމަލު ތައް ހުންނާނީ ގިނަފަހަރަށް ދިމާ އިދިކޮޅަށެވެ. މިސާލަކަށް މަތީގައި އެވާ ދެ ފޮޓޯ އަށް ބައްލަވާށެވެ. އެއް ފޮޓޯގައި ދައްކަނީ މޮހޮރު ބޮމެއް ހެދި ކާފަރު އަންހެނެކެވެ. އޭނާ ގެ ކުށަށް އެމީހުންގެ ކޯޓުން ހުކުމް ކުރީ 2 އަހަރަށެވެ. ދެން އެއާ ޖެހިގެން ހުރި މުސްލިމް އުޙްތު ކުރީ ފޭސްބުކްގައި އަޕްޑޭޓެކެވެ. އެއީ އިސްލާމީ ޙިލާފަތަށް ތައުރީފް ކޮށްފަ އަދި ޖިހާދަށް ހިއްވަރު ދީފައެވެ. ޖިހާދަކީ ކާފަރުން ގަބޫލު ކުރާގޮތުގައި ޓޭރަރިޒަމެވެ. ވީމާ އެމީހުން އެއުޙްތާ އަށް ހުކުމް ކުރީ 5 އަހަރާ 3 މަހަށެވެ. މީގެ ތަފާތު ބައްލަވާށެވެ. އެކަކު ހަމަ އަސްލުވެސް ބޮމެއް ހެދީއެވެ. އަނެކަކު ފޭސްބުކް އަޕްޑޭޓް ކުރީއެވެ. އެކަމަކު ހުކުމް އައި ގޮތް ބައްލަވާށެވެ. ހަމަ މިފަދަ އަނެއް ފޮޓޯ ތިރީގައި މި ވަނީ އެވެ.  އެކަކީ މުސްލިމެކެވެ. އަނެކަކީ ކްރިސްޓިއަނެކެވެ. ދެމީހުންގެ މައްޗަށްވެސް އުފުލީ ހަމަ އެއް ދައުވާއެކެވެ. ކްރިސްޓިއަން މީހާ އަށް ހުކުމް ކުރެވުނީ 5 އަހަރަށެވެ. އެއީ އޭނާގެ އަތުގައި ބައިވަރު ހަތިޔާރު ހުރިކަން ހެކިތަކުން ސާބިތު ވުމަށް ފަހުގައެވެ. އަނެއް މުސްލިމް އަޙާ އުމުރަށް ހުކުމް ކުރެވުނެވެ. އެއްވެސް ހެއްކެތް ނެތިއެވެ. އޭނާ ސައުދީ ޖަލެއްގައި ބާއްވައި އަނިޔާކޮށް ނަގާފައިވާ އިއުތިރާފް ގެ ބަޔާނެއް ކަމަށް ބުނާ އެއްޗެއް ފިޔަވައެވެ.

 

No comments:

Following