Sunday, August 25, 2013

މިސްކިތްތަކުގަ ދުއާ ކުރުމަށްވެސް ހުއްދަ ނަގަން ޖެހިއްޖެއެވެ.

މިސްކިތަކީ ގެ ގެކޮޅެވެ. އެތާނގާ ދުއާ ކުރެވޭނީ އަށެވެ. އެތަނުގަ ކުރެވޭ ކަންތައްތަކުގެ ހުއްދަޔާ މަނާ ކަންތައް ކަނޑައެޅުއްވީ އެތަނުގެ ވެރިފަރާތުންނެވެ. އެހެން ބަޔެއްގެ ފަރާތުން ހުއްދަ ހޯދާކައް ނުޖެހޭނެއެވެ. ހިތާމައަކީ އަޅުގަނޑުމެންނަށް މިފަދަ އާދައިގެ ކަންތައްތައް އޮޅުންއަރާތީއެވެ. އަދި ވަކި ސިޔާސީ ފިކުރެއްގައި ޖެހި އަޅުގަނޑުމެންގެ އަގީދާއައްވުރެ ޕާޓީގެ ސިޔާސަތު އިސްކުރެވޭތީއެވެ.

 

މިފަދައިން ކަންތައް ކުރެވޭމީހުންނައް ލާދީނީ މީހުންނޭ ކިޔުން ހައްގެވެ. އަދި އެފަދަ ލާދީނީ އަމުރުތަކައް ތަބާވުން ނަހީވެގެން ވެއެވެ. އެހެނީ އެމީހެއްގެ ހިތުގާ ދީނައް ނަސްރު ދިނުމުގެ ޖޯށެއްނެތިފަ ޕާޓީ އައް ނަސުރު ދިނުމުގެ ބޭނުން ބޮޑުވެއްޖެމީހާގެ އީމާންތެރިކަމާމެދު އެމީހާ އަމިއްލައައް ސުވާލު އުފެއްދުން އެވަނީ ޖެހިފައެވެ. ކޮންމެ މީހަކުވެސް މަރުވާނެއެވެ. މަރުވުމައްފަހު ވެވުން ގާތްވެގެންވަނީ ޕާޓީގެ ޕޮލިސީތަކުގެ ސުވާލައްވުރެ ބޮޑައް އަގީދާގެ ސުވާލެވެ.

 

 

http://www.sun.mv/33512

 

 

No comments:

Following