Sunday, June 29, 2014

އިސްލާމީ ޙިލާފާ އިއުލާން ކުރެވުން.

އުސްމާނީ ޙިލާފަތުގެ އެންމެ ފަހުގެ ލަޝްކަރު ޖަމާއަތުގައި ނަމާދު ކުރަނީ 1922މ.

މިބަރަކާތްތެރި ރޯދަމަހުގެ ފުރަތަމަ ދުވަސް އީދަކާ އެއްފަދަ ވެއްޖެއެވެ. ﷲ އަށް ހަމްދުހުއްޓެވެ.  އެކަލާނގެ މިދުވަސް އަންނާނެކަން އެކަލާނގެ ނަބިއްޔާގެ ދޫފުޅުން ވަނީ މާކުރިން އަންގަވާފައެވެ. އިރާގާ ޝާމު އަދި ޔަމަނުގައި ޖިހާދު ކުރާ މުޖާހިދުންގެ އެންމެ އިސް ޖަމާއަތުން މިއަދު އިސްލާމީ ޙިލާފާ އިއުލާން ކުރުމުން ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި އިސްލާމުން ގެންދަނީ އުފާ ފާޅުކުރަމުންނެވެ. ކަންތައް ވާނެ ގޮތް ދެނެވޮޑިގެން ވަނީ މާތްﷲ އެވެ. އަހަރެމެން އެކަލާނގެ ކިބަޔަށް ވަކީލު ކުރަމެވެ. މިއަދު އިސްލާމީ އުއްމަތް ވަނީ ދުވަހަކުވެސް ނިކަމެތި ނުކުރެވޭ ވަރަށް ނިކަމެތި ކުރެވެ ޙަލީފާއެއްގެ ބޭނުން ދުވަހަކުވެސް ނުޖެހޭވަރަށް ޖެހިފައެވެ. ހުޅަނގު ވިސްނުމުން އުފެއްދި ވެރިކަމުގެ ނިޒާމުތަކުގެ ސަބަބުން މުސްލިމުން ވަނީ ބައިބައި ކުރެވި ދުނިޔެވީ މުދަލަށްޓަކާ ދެކޮޅުވެރިންނަށް ވަނީ ވެފައެވެ. އެއްވެސް ހާލެއްގައި މިއިއުލާން ކުރެވުނު އިސްލާމީ ޙަލީފާ ކާފަރުންވެސް އަދި އިސްލާމީ ގައުމުތަކުގެ ނަމުގައި ތިބި ބިންތައްވެސް ގަބޫލު ކުރާނެހެން ހިޔެއްނުވެއެވެ. އެއީ މިހާރު ވެރިކަމުގައި ތިބި ނާގާބިލު އަނިޔާވެރިން އެމީހުންގެ ވެރިކަން ވެއްޓިދާކަށް ނުރުހޭނެއެވެ. ޔޫރަޕިއަން ޔުނިއަން އަދި ނޭޓޯފަދަ ބާރުގަދަ އެއްބައިވުންތައް ކާފަރުގައުމުތަކުން އުފައްދާއިރު އެކަން ރަނގަޅުވެފަ އިސްލާމުން
ޙިލާފާ އުފެއްދުމުން އެކަމާ ނުރުހި އެ މުޖާހިދުންނާ ދެކޮޅަށް ހަނގުރާމަ ކުރާމީހުންގެ ކާފިރުކަން ފާޅުވެ ބަޔާންވެއްޖެއެވެ.

No comments:

Following